ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)471-CDS3/1/2022/27
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 03 މާރިޗު 2022 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީއިން ލ. ގަން ލޭންޑްސްކޭޕިންގައި މަސައްކަތުގައި ބޭނުންކުރާ C2530 އެކްސްކަވޭޓަރުގެ މެއިން ކޮންޓްރޯލް ޔުނިޓް ހަލާކުވެފައިވާތީ މެއިން ކޮންޓްރޯލް ޔުނިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީއިން ލ. ގަން ލޭންޑްސްކޭޕިންގައި މަސައްކަތުގައި ބޭނުންކުރާ C2530 އެކްސްކަވޭޓަރުގެ މެއިން ކޮންޓްރޯލް ޔުނިޓް ހަލާކުވެ ގްރައުންޑް ވެފައިވާތީ އެކްސްކަވޭޓަރ ހެދުމަށް މެއިން ކޮންޓްރޯލް ޔުނިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 28 ފެބުރުވަރީ 2022ވާ ހޯމަ ދުވަހުގެމެންދުރު 12:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވަޑައި ނުގެންނެވުނުކަމުގައި ވީނަމަވެސް ޕްރޮޕޯސަލް ހުށަހެޅުއްވޭނެކަން ފާހަގަކުރަމެވެ. އަދި އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 މާރިޗު 2022ވާ ބުދަ ދުވަހުގެމެންދުރު 12:00ގެ ކުރިން[email protected]  އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 03 މާރިޗު 2022ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

 

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

23 ފެބުރުވަރީ 2022