ދިވެހިރާއްޖެ
`
އިޢުލާން |
ނަންބަރ: |
(IUL)421/421/2022/11 |
ތާރީޚް |
22 ރަޖަބް 1443 |
|
23 ފެބުރުއަރީ 2022 |
ގދ.ވާދޫ ކައުންސިލަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން
މިކައުންސިލަށް ބޭނުންވާ ޤާނޫނީ ލިޔުންތައް ތައްޔާރުކުރުމާއި،ޤާނޫނީ ލަފާދިނުމާއި،ކައުންސިލުން ދަޢުވާކުރަންޖެހޭ އަދި ދަޢުވާލިބޭ މައްސަލަ ތަކުގައި ވަކާލާތު ކުރުންފަދަ ޤާނޫނީ މަސައްކަތް ކޮށްދޭނެ ލޯފާމެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ،މިދެންނެވި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށް ގުޅުއްވައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
މިކަމާގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.އަދި ރަޖިސްޓްރީވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް ރަޖިސްޓްރީވުމަށް ހުށަހަޅަންވާނެވެ.
- ހުށަހަޅާ ފަރާތުގެ ނަން
- މަސްޢޫލުވާ ފަރާތުގެ ނަން
- އީމެއިލް އެޑްރެސް
- ގުޅޭނެ ފޯނުނަންބަރު
އަންދާސީ ހިސާބް ހުށަހެޅުން
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
06 މާރޗް 2022 |
އާދީއްތަ |
13:00 |
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ |
10 މާރޗް 2022 |
ބުރާސްފަތި |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
22 ރަޖަބް 1443
23 ފެބްރުއަރީ 2022
ޙާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް