ވަޒީފާގެ ފުރުޞަތު
ނަންބަރު: ADMHR-MPL/2022/ 20
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 01 މާރިޗު 2022 16:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ މާރކެޓިންގ އެގްޒެކެޓިވް

ވަޒީފާގެ ފުރުޞަތު

މަޤާމް :

ސީނިއަރ މާރކެޓިންގ އެގްޒެކެޓިވް

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/8750 ރުފިޔާ ( އަށްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -3750 ރުފިޔާ (ތިންހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޜަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 7 ގެ ފާހެއް ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަޑު 6 ގެ ފާހެއް އޮތުމާއެކު 3 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ
  • ގުޅޭ ދާއިރާއިން އެސިސްޓެންޓް މެނޭޖަރ ފެންވަރުގެ މަޤާމެއްގައި 3 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުން

މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް

  • މާރކެޓިންގއާ ގުޅުންހުރި އެކި ޕްރޮޕޯސަލްތައް އެކުލަވާލުމާއި މާރކެޓިން ޕްލޭންތައް ތައްޔާރުކޮށް ހިންގުމާއި މާރކެޓިން ޙަރަކާތްތަކުން ކުންފުންޏަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މާރކެޓިންގ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ކުރެވޭ އިންޓަރވިއުއިން ފާސްވުން
  • ޕްރެޒެންޓޭޝަން ސްކިލްސްހުރުމާއެކު އިނޮވެޓިވް ސްކިލްސްހުރި ފަރާތަކަށްވުން
  • މާރކެޓިންގއާ ގުޅުންހުރި އެކިއެކި ކަރުދާސްތައް އެކުލަވާލައި މާރކެޓިންގއާ ގުޅުންހުރި އެކިއެކި ހަރަކާތްތައް ރާވާ ހިންގުމުގު ޤާބިލްކަން ހުރުން.
  • ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
  • އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
  • ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން

ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 01 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ  16:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 01 މާރިޗް 2022ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009273 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
23 ފެބުރުވަރީ 2022