މަސައްކަތް
ނަންބަރު: (IUL)94-Q/1/2022/04
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 22:40
ސުންގަޑި: 06 މާރިޗު 2022 13:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަން ހެޑް އޮފީސް (ވެލާނާގެ 1 ވަނަ ފަންގިފިލާ) އިން އޯކިޑް ބިލްޑިންގ އިމާރާތް އަދި ހެޑް އޮފީސް (ވެލާނާގެ 1 ވަނަ ފަންގިފިލާ) އިން އެމް.ޕީ.އެލް ބިލްޑިންގއަށް އޮޕްޓިކް ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޖެކްޓް ނަންބަރު:  PC-942022W-06

 

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ    

 

  1. މޯލްޑިވްސް އިމިގްރޭޝަން ހެޑް އޮފީސް (ވެލާނާގެ 1 ވަނަ ފަންގިފިލާ) އިން އޯކިޑް ބިލްޑިންގ އިމާރާތް އަދި ހެޑް އޮފީސް (ވެލާނާގެ 1 ވަނަ ފަންގިފިލާ) އިން އެމް.ޕީ.އެލް ބިލްޑިންގއަށް އޮޕްޓިކް ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 22 ފެބްރުއަރީ 2022 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  3. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 06 މާރޗް 2022 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އަދި މިމުއްދަތު ހަމަވުމުން އެކިފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކަށް އެކުގައި ޖަވާބުދެވޭނެއެވެ. އަދި މިޖަވާބުތައް މައުލޫމާތު ޝީޓުގެ ބައެއްގެ ގޮތުގައި ވެބްސައިޓްގައި ޝާއިރު ކުރެވޭނެއެވެ.
  4. މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް އީމެއިލް ކުރައްވާނީ 06 މާރޗް 2022 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
  5. ބީލަން ހުށައެޅުން އޮންނާނީ 16 މާރޗް 2022 ވާ ބުދަ ދުވަހުގެ 13:00އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ޔުނިޓް (ވެލާނާގެ 01 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޔުނިޓް،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330470, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

22 ފެބުރުވަރީ 2022