މަސައްކަތް
ނަންބަރު: (IUL)170-PR/170/2022/45
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 19:52
ސުންގަޑި: 06 މާރިޗު 2022 11:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ "ޔުނިވަރސިޓީ ދިދަ" އަދި "ޤައުމީ ދިދަ" ފަހައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ "ޔުނިވަރސިޓީ ދިދަ" އަދި "ޤައުމީ ދިދަ" ފަހައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ "ޔުނިވަރސިޓީ ދިދަ" އަދި "ޤައުމީ ދިދަ" ޔުނިވަރސިޓީއިން ދޭ ނަމޫނާއާ އެއްގޮތަށް ފަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ޕްރީ ބިޑް ބައްދަލުވުން އަދި ބީލަން ހުށަހެޅުން

މި އިޢުލާން އާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން

27 ފެބްރުއަރީ 2022ގެ 12:00ގައި

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

03 މާރިޗް 2022ގެ 14:00އަށް

އަންދާސީ ހިސާބު ހުށަހެޅުން

06 މާރިޗް 2022ގެ 11:00އަށް

 

ޕަރފޯމަންސް ގެރެންޓީ

މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށަހަޅާފައިވާ އަގު ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

22 ފެބުރުވަރީ 2022