ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)146-A1/1/2022/13
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 18:30
ސުންގަޑި: 02 މާރިޗު 2022 13:00
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްގައި ކިޔަވައި ދިނުމުގެ ފުރުސަތު: ލެކްޗަރަރ (އިޖުތިމާޢީބައި)

(IUL)146-A1/1/2022/13:ނަންބަރު

އިޢުލާން

ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި ކިޔަވައިދިނުމުގެ ފުރުސަތު:

   މި ކޯޓުން ހިންގާ ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި، ލެކްޗަރަރ (އިޖުތިމާޢީބައި)ގެ މަޤާމަށް މީހުން ހޯދުމަށްޓަކައި ކޮށްފައިވާ ނަންބަރު IUL146A1/1/2022/4 (31 ޖަނަވަރީ 2022) އިޢުލާން ބާޠިލުކޮށް، އެމަޤާމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު:

 ލެކްޗަރަރ

މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ދާއިރާ:

 އިޖުތިމާޢީބައި (އަލަތު ކައިވެންޏެއްކުރަން ބޭނުންވާނެ އިޖްތިމާޢީ ކަންތައްތަކާއި، އިޖްތިމާޢީ ގޮތުން ދިމާވާ ކަންކަން ހައްލުކުރާނެ ގޮތް.)

ބޭނުންވާ އަދަދު :

 02 (ދޭއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

މުއްދަތު:

 އެގްރިމެންޓް ކުރެވޭ ތާރީޚުން ފެށިގެން 02 ޖަނަވަރީ 2023ގެ ނިޔަލަށް (މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.)

އުޖޫރަ:

 މަޢުލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ކޮންމެ ގަޑިއަކަށް -/250 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

 ފެމިލީ ކޯޓު

މަޤާމުގެ ޝަރުތު:

 މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ޙާޞިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 - ވަޒީފާއަށްއެދި ހުށަހަޅާ ސިޓީ.

 - ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 - ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

ސުންގަޑި:

 02 މާރިޗު 2022 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން.

އިތުރު މަޢުލޫމާތު:

 - ވަޒީފާއަށްއެދި ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފެމިލީ ކޯޓުގެ ރިސެޕްޝަނަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، އީމެއިލް ކުރައްވާނީ [email protected] އަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު: 3340502 / 3340504

 

22 ފެބުރުވަރީ 2022