ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)459-DR/1/2022/80
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 17:34
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބާއި ގުޅޭ

އިޢުލާން

 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމާއި ގުޅޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގެ ދެ ދާއިރާއެއްގެ އިންތިޚާބު ބާތިލްކުރުން

ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އަށް، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (6) އަދި (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާތަކުން މެންބަރުން އިންތިޚާބުކުރުމަށް 2022 ފެބުރުއަރީ 24 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިގެންވާ ފަރާތްތަކަށް އިންތިޚާބުގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާގޮތުން ވޯޓުލުމުގައި އެންމެ ފުރިހަމައަށް ބައިވެރިވުގެ ފުރުޞަތު ލިބިގެންނުދާކަމުގެ ޝަކުވާތައް ލިބެމުންދާތީ މިކަންކަމަށް ރިއާޔަތްކޮށް އަދި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިގެން ދާތީ، ވޯޓުލުމުގެ ޙައްޤު ލިބޭ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ވޯޓުލެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން، އެ ދާއިރާތަކުގެ އިންތިޚާބު އަލުން ބޭއްވުމަށްޓަކައި މި ދެ ދާއިރާގެ އިންތިޚާބު ފަސްކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

22 ފެބްރުއަރީ 2022

 

 

22 ފެބުރުވަރީ 2022