ދިވެހިރާއްޖެ
ބިޑު ހުށަހެޅުމުގެ ދަޢުވަތު
(ޕްރޮޖެކްޓް ނަންބަރު: TES/2022/W-015)
1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުންހދ. ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ HC01 ގެ ގްރޭޑް 01، HC01 ގެ ގްރޭޑް 02، HC01 ގެ ގްރޭޑް 03، އަދި HC01 ގެ ގްރޭޑް 04 އަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ. ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާނެއެވެ. އަދި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދާ"އި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނޭކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
3. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
4. މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 23 ފެބުރުވަރީ 2022 އިން 14 މާރިޗު 2022 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.
5. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން 24 ފެބުރުވަރީ 2022 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީޑާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
6. މި ޕްރޮޖެކްޓާއ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 3 މާރިޗު 2022ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
7. މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/190,000ރ (އެއްލައްކަ ނުވަދިހަހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.
8. ބިޑު ހުޅުވުން އޮންނާނީ 17 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : 3349296 960+,3349191 960+,3349115 960+
އީމެއިލް : [email protected]
ކޮޕީ : [email protected]