ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2022/23
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:06
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުގޯތިތަކާއި މަގުތައް ސާފުކުރުމާއި މަގަށް ތިރިވެފައިވާ ކޯޅިތައް ކޮށުމާއި ގުޅޭ:

 

އިޢުލާން

ފަޅުގޯތިތަކާއި މަގުތައް ސާފުކުރުމާއި މަގަށް ތިރިވެފައިވާ ކޯޅިތައް ކޮށުމާއި ގުޅޭ:

                       މީހުން ދިރިނޫޅޭ ބައެއްފަޅުގޯތިތަކާއި ގޯތިވަށައިގެންވާ މަގުމަތީ  ސަރަހައްދުތައް ސާފުނުކޮށް ގިނަދުވަސްވުމުގެ ސަބަބުން ގަސްފެޅުމާއި، އެސަރަޙައްދުތަކަށް ކުނި ޖަމާވުމުގެ ސަބަބުން، ސަރަހައްދުތައް ވަރަށްބޮޑަށް ހަޑިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މީގެ އިތުރުން ބައެއް މަގުތަކާއި ގޯޅިތަކުގައި ހުރި ގަސްތަކުގެ ކޯޅިތައް، ވަރަށްބޮޑަށް މަގަށާއި ގޯޅިތަކަށް ތިރިވެ އޭގެސަބަބުން ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް އެކަމުގެ އުނދަގޫތަކާއި ކުރިމަތިވެ، އެކަމުގެ ޝަކުވާވެސް އަންނަނީ މިކައުންސިލަށް ލިބެމުންނެވެ.

     ވީމާ، 2022 ފެބްރުއަރީ 25 ވާ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން، މިފަދަ ތަންތަން ސާފުކުރުމާއި ކޯޅިތައް ކޮށައި ނިންމުމަށް އެފަދަ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. އަދި މީގެ އިތުރުން މަގުތަކާއި ގޯޅި ތަކުގައި ބަހައްޓާފައި ހުރި ތަކެތި ނެގުމަށްވެސް ހަނދުމަފުޅުކޮށް އަރުވަމެވެ.

    ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

22 ފެބުރުވަރީ 2022