ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2022/22
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:03
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ދުއްވާ އުޅަނދުފަހަރާ ގުޅޭ:

އިޢުލާން

އެއްގަމު ދުއްވާ އުޅަނދުފަހަރާ ބެހޭ:

އެނގިވަޑައިގަންނަވާނޭފަދައިން އެއްގަމު ދުއްވާ އުޅަނދު ފަހަރަކީ ވަކި ހުއްދަތަކެއް ލިބިގެން ދުއްވާ އަދި ބޭނުންކުރެވޭ އުޅަނދުފަހަރެވެ. މިގޮތުން ރަށު ޕިކަޕް، ބެޓެރި ބައިސްކަލް، ބެޓެރި ކާރު، ޓްރިސައިކަލް އަދި އިންޖީނުއެޅި އެއްގަމު އުޅަނދުފަހަރު ފަދަ ވެހިކަލްތަކަކީވެސް ރަޖިސްޓްރީ ކުރެވި އަދި ކައުންސިލްގައި ޤާއިމްކުރެވިފައިވާ ދަފްތަރުގައި ޖެއްސިފައިވާ އުޅަނދުފަހަރަށް ވާންޖެހެއެވެ. މީގެ އިތުރުން އުޅަނދުގެ ކުރިމަތިންނާއި ފަހަތުން ރަޖިސްޓްރީ ބޯޑް ފެންނަން ހުންނަން ޖެހެއެވެ. އަދި މިފަދަ ތަކެތި ދުއްވޭނީ އެކަމަށް ކަނޑައެޅިފައިވާ ހުއްދަ ނަގާފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިގޮތުން 1 ޓަނަށް ވުރެ މަތި އަދި 1 ޓަނަށް ވުރެ ދަށުގެ މުދާ އުފުލާ ގޮތަށް ހުންނަ ޓްރައިސައިކަލް ފަދަ އުޅަނދު ފަހަރު ދުއްވުމަށް ދޫކުރާ ކެޓަގަރީ ތަކަކީ C3, C4  އެވެ.

އަދި ބަގީ ފަދަ އިށީނުމުގެ ޖާގަ 9 މީހުންނަށްވުރެ އިތުރު ނުވާ ޕަސިންޖަރުން އުފުލާ އުޅަނދު ފަހަރަށް ދޫކުރާ ކެޓަގަރީ ތަކަކީ B1, B3, B4 އެވެ.

 ދަންނަވަމެވެ. މަތީގައި ބަޔާން ކުރެވިފައިވާ ކެޓަގަރީ ތަކަކީ މިކައުންސިލުން ދޫކުރެވެމުންދާ ކެޓަގަރީ ތަކެކެވެ. ނަމަވެސް މިދެންނެވި ކެޓަގަރީތައް ނެތި އެފަދަ އުޅަނދު ފަހަރު ދުއްވުމާއި، ރަޖިސްޓްރީ ބޯޑް ނެތް އުޅަނދުފަހަރު ދުއްވުމާއި، ލައިސަންސް ނެތް ފަރާތްތަކަށް އުޅަނދު ދޫކުރުމާއި، ލައިސަންސް ނެތްފަރާތްތަކުން އުޅަނދުފަހަރު ދުއްވަމުންދާކަމާއި، 2 މީހުންނަށްވުރެ އިތުރަށް ސައިކަލަށް މީހުންނާއި ކުދިން އަރުވާގެން ދުއްވުމާއި އަދި އުމުރުން 18 އަހަރު ނުފުރޭ ކުދިން ސައިކަލް ފަދަ އެއްގަމު އުޅަނދު ދުއްވާކަން ވަނީ ވަރަށްބޮޑަށް ފާހަގަކުރެވިފައެވެ.

އަދި ދަންނަވަމެވެ. ބުރެކި ނެތް ބައިސްކަލާއި ހަލާކުވެފައިވާ ބައިސްކަލްތައް ދުއްވުމަކީ ވެސް މީގެ ކުރިން މަނާކުރެވި އިއުލާން ކުރެވިފައިވާ ކަންކަމެވެ.

މިދެންނެވިފަދަ ކަންކަން މަނާކުރެވެގެންދަނީ އޭގެސަބަބުން ލިބިދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށްޓަކައި ކަމަށްވާތީ، މިފަދަ އެންމެހައި ކަންކަން ތަކުރާރު ނުކުރުމަށް މިކައުންސިލުން އިލްތިމާސްކުރަމެވެ.

   ވީމާ މިކަން އެންގުމަށްޓަކައި އާންމުކޮށް އިއުލާންކުރީމެވެ.

22 ފެބުރުވަރީ 2022