ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)267/267/2022/16
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 06 މާރިޗު 2022 10:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލް އިދާރާ އަށް 7 ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

      މިކައުންސިލުން ދޭ ސްޕެސިފިކޭޝަން އާ އެއްގޮތަށް މިކައުންސިލަށް 07 ކޮމްޕިއުޓަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

1-ބީލަމުގައި ރެޖިސްޓަރީވުން: 06 މާރިޗް 2022، 10:00 ގެ ކުރިން

2- ބީލަން ހުށަހެޅުމާއި ހުޅުވުން: 15 މާރިޗު 2022، 13:00 އަށް

  ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށް އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ.

ލިންކް: https://forms.office.com/r/h02Lc7Ganw

   ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމައްފަހު، 15 މާރިޗު 2022 ވަނަ ދުވަހުގެ 13:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އިޢުލާންއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 10 މާރިޗް 2022 ވަނަ ދުވަހުގެ 10:00 ކުރިން މިއިދާރާގެ ނަންބަރު 6520034 ގުޅުއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ އީ.މެއިލް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

   އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.

ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.         

21   ރަޖަބު    1443ހ

22  ފެބްރުއަރީ  2022މ

22 ފެބުރުވަރީ 2022