ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2022/43
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 28 ފެބުރުވަރީ 2022 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމް :އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

341705 ޖޭ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / އޮޕަރޭޝަނަލް ސަރވިސް ޑިޕާޓްމަންޓް، ކަސްޓަމަރ ސަރވިސް އެންޑް ޕަބްލިކް ރިލޭޝަން ޑިވިޜަން، އިވެންޓް މެޖޭންޓްމަންޓް ޔުނީޓް / މާލެ

މުސާރަ:

-/4465 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް: -/700 ރުފިޔާ (މަހަކު)

ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

ސިވިިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމްވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެއެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހޮސްޕިޓަލުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، އިވެންޓްތަކާއި ހަފްލާތައް ރާވާ ހިންގުމުގެ އިންތިޒާމް ހަމަޖެއްސުން
  2. ހޮސްޕިޓަލުން ޕްރޮމޯޓްކުރުމަށް ބޭނުންވާ އިވެންޓްތަކާއި ހަފްލާތައް ކަނޑައަޅި ، އޯގަނައިޒްކޮށް މެނޭޖްކުރުން
  3. ހޮސްޕިޓަލުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، އިވެންޓްތަކާއި، ހަރަކާތްތަކުގެ މަޢުލޫމާތު އާންމުންނަށް ދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ހިންގައި ބެލެހެއްޓުން
  4. ހޮސްޕިޓަލުންކުރާ މުހިންމު ކަންތައްތަކާއި ހިންގާ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ ޚަބަރާއި މަޢުލޫމާތު ފެތުރުމާއި ސިއްހީ ދާއިރާގެ ކަންތައްތަކާއިބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ހިންގުން
  5. ކޮންމެ އަހަރަކުވެސް އެއަހަރެއްގެ ޑިސެންބަރުމަހު ނިމުމުގެ ކުރިން، އަހަރު ތެރޭގައި ކުރެވުނު މަސައްކަތާއިބެހޭ ރިޕޯޓް ތައްޔާރުކުރުން
  6. އިވެންޓް މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
  7. އިވެންޓްތައް ބޭއްވުމަށް ކުރިއަށް އޮތް އަހަރަށް ބަޖެޓް ތައްޔާރުކުރުން
  8. ހޮސްޕިޓަލުން ކުރިއަށްގެންދާ އިވެންޓްތަކާއި ހަފްލާތަކަށް ބޭނުންވާ ތަކެތި ހޯދާ އެތަކެތި ސްޓޮކް ސަރުކާރުގެ މާލިއްޔަތު ޤަވާއިދާއެއްގޮތަށް ބެލެހެއްޓުމާއި، އިވެންޓްތަކާއި ހަފްލާތައް ފަށަން އޮންނަ ގަޑިތަކުގައި ކުރިއަށް ގެންދޭތޯ ބެލުން
  9. ހޮސްޕިޓަލުން ބާއްވާ އިވެންޓް ތަކުގެ މައުލޫމާތު ލިޔެ ތައްޔާރުކޮށް، ފޮޓޯ/ ވީޑިއޯ ނެގުމާއެކު ލަސްނުކޮށް. ޚަބަރުފަތުރާ ވަސީލަތްކަށް ފޮނުވުމާއި، ހޮސްޕިޓަލުގެ ވެބްސައިޓްގައި ޝައިޢުކުރުން
  10. މީޑިއާ އިވެންޓްތަކާއި، ހޮސްޕިޓަލުގެ ފަރާތުން ބާއްވާ އިވެންޓްތަކަށް ދަޢުވަތު ކާޑު، ބެނަރ ފަދަ ތަކެތި ޑިޒައިންކުރުން
  11. އިވެންޓްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، އިވެންތަކަށް ބޭނުންވާ ބެނަރ/ ޕޯސްޓަރ/ ޕޮޓޯ/ ވީޑިއޯ ފަދަތަކެތީގެ މަސައްކަތްކުރުން
  12. ހޮސްޕިޓަލުން ރާވާ ހިންގާ އިވެންޓްތަކާއި ހަފްލާތކުގެ ރެކޯޑްސްތައް ތަރުތީބުކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްކުރުމާއި، އިވެންޓް މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން

 

މަޤާމުގެ ޝަރުޠުތައް:

މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ  'ހަޔަރސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 ނުވަތަ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަގާމުގެ ތައުލީމީ ރޮނގުތައް:

 ނެތް

މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:

 ނެތް

މަގާމުގެ ކޯ ޑިސިޕްލިން:

 ނެތް

މަގާމުގެ މަސައްކަތުގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ޕަބްލިކް ރިލޭޝަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2486) އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ http://igmh.gov.mv ވެބްސައިޓުންނާއި  އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
    1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
    2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
    3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
    4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް  ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ގާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަރވިއު، އެގްޒާމްދީގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އީ-މެއިލް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

އިންޓަރވިއުއާއި އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އޮންނާނީ،  1 މާރިޗް 2022 ން 20 މާރިޗް 2022އާ ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.   

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީ މަސައްކަތު ދުވަސްތަކުގައި ހެނދުނު 08:00 ން މެންދުރު ފަހު 14:00 ށް   3335234 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

21 ރަޖަބު 1443

22 ފެބްރުއަރީ 2022

22 ފެބުރުވަރީ 2022