މަސައްކަތް
ނަންބަރު: 60-PRO/2022/66
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 16:25
ސުންގަޑި: 09 މާރިޗު 2022 11:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފާމަސީތައް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ.

ތިރީގައިވާ ރަށްތަކުގައި ފާމަސީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

  1. ޅ. ހިންނަވަރު
  2. މ. މަޑުއްވަރި
  3. އދ. ދިގުރަށް
  4. ތ. ތިމަރަފުށި
  5. ތ. ބުރުނީ
  6. ހއ. ތުރާކުނު
  7. މ. ކޮޅުފުށި
  8. ހއ. ހޯރަފުށި
  9. ކ. ދިއްފުށި
  10. ތ. އޮމަދޫ
 
  1. މަސައްކަތުގެ ވެރިފަރާތް:      ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 2. މަސައްކަތުގެ ބާވަތް: 225 ނުވަތަ 300 އަކަފޫޓުގެ ފާމަސީއެއް އިމާރާތް ކުރުން.

 

3. ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

3.1  ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، 200،000.00ރފ (ދެ ލައްކަ ރުފިޔާ) އަށް ވުރެ ކުޑަ ނޫން އިމާރާތް ކުރުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ވުން.

3.1.1       ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުންނެވެ. އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތައް ވެރިފައި ކުރުމަށް އިތުރު މައުލޫމާތު ހޯދިދާނެއެވެ.

3.1.2       ރެފަރެންސް ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަނަމަ، ސިޓީއާއި އެކު އެ މަސައްކަތުގެ ސަޕޯޓިންގ ޑޮކިއުމަންޓްސް ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީ ބަލައި ނުގަނެވޭނެއެވެ. ހުށަހަޅާފައިވާ ސިޓީ އާއި ސަޕޯޓިންގ ޑޮކިއުމަންޓްސް ތަކުން މަސައްކަތުގެ ތަފްސީލު އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ އެ ސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.

 

 4. ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:

4.1  ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ރިފަރެންސް ސިޓީ (3.2 ގައިވާ ގޮތަށް)

 

 5. ރަޖިސްޓަރީ ކުރުން:

5.1ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2022 ފެބްރުއަރީ 28 ވަނަ ދުވަހު 1100 ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

 

 6. ބީލަންކަރުދާސް ދޫކުރުން:

6.1  ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2022 މާރޗް 01 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 

 7. ސުވާލާއި ޖަވާބު:

7.1  ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2022 މާރޗް 05 ވާ ދުވަހުގެ 1100  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2022 މާރޗް 06 ވާ ދުވަސް ނިމުމުގެ ކުރިން ހުށަހެޅިފައިވާ ސުވާލުތަކަށް ޖަވާބުދާރީ ވެވޭނެއެވެ.

 

 8. ބީލަން ހުށަހެޅުން:

8.1 ބީލަން ހުށަހަޅަންވާނީ 2022 މާރޗް 09 ވަނަ ދުވަހު 1100 ގެ ކުރިން  [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:     1422

އީމެއިލް: [email protected]  

 

 

21 ފެބުރުވަރީ 2022