ވަޒީފާގެ ފުރުޞަތު
|
ނަންބަރު: L05C-A/2022/02
|
ތާރީޚް: 20 ފެބުރުވަރީ 2022
|
މަޤާމް
|
ވޮޗަރ (ދާއިމީ)
|
ރޭންކް: އެސް.އެސް 01
|
މަޤާމުގެ ކްލެސިފިކޭޝަން
|
ސަޕޯޓް ސްޓާފް ގްރޭޑް 1
|
އަސާސީ މުސާރަ
|
-/3،100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)
|
ބޭނުންވާ ޢަދަދު
|
01 )އެކެއް(
|
މަސައްކަތްކުރަންޖެހޭ ތަން
|
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓު
|
އަސާސީ ޝަރުޠު
|
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. (ލިޔަންކިޔަން އެނގޭކަމަށް ބަލާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެން ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް މި ކޯޓުން ޓެސްޓެއް ދީގެންނެވެ.)
|
މަޤާމުގެ މަސްއޫލިއްޔަތު
|
- ކޯޓު ޢިމާރާތާއި ގޯތިތެރެއާއި ކޯޓު ވަށައިގެންވާ ސަރަޙައްދު ބެލެހެއްޓުން.
- ހަމަޖެހިފައިވާ އުޞޫލާ ޚިލާފަށް ކޯޓު ގޯތި ތެރެއަށް ތަކެތި ވެއްދުމާއި ކޯޓު ގޯތި ތެރެއިން ތަކެތި ބޭރުކުރިޔަ ނުދިނުން.
- ކޯޓު ޢިމާރާތާއި ކޯޓު ގޯއްޗަށް އަދި ގޯތީގައި ހުންނަ ތަކެއްޗަށް މީހަކު ދީފާނެ ގެއްލުމަކަށް ސަމާލުވެ ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައްކުރުން.
- މީގެ އިތުރުންވެސް ކޯޓުގެ ވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައްކުރުން.
|
އުޖޫރައާއި އިނާޔަތްތައް
|
- ޖުޑީޝަލް އެލަވަންސް: -/620ރ (އަސާސީ މުސާރައިގެ %20)
- ސަރވިސް އެލަވަންސް: -/1،000-ރ
- ލިވިންގ އެލަވަންސް: -/2،550ރ
- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ އެލަވަންސް
|
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި
|
- ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މި ކޯޓުގެ ވެބްސައިޓް f-dharaboodhoo.courts.gov.mv އިން އަދި މި ކޯޓުގެ ކައުންޓަރުންނާއި، މެޖިސްޓްރޭޓް ކޯޓުތަކުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން)
- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް ހުށަހެޅުމާއެކު، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)
|
ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި
|
2022 މާރިޗު 06 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، "ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު ފ.ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
|
މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދޭނެ ކަންތައް
|
މިވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތުގެ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން އިންޓަވިއުގައި، ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު/ ތަޖުރިބާ ހުރިކަން ސާބިތުކޮށްދެވޭނެ މިންވަރެއްގެ މައްޗަށް އަދި ގިނަވަގުތު މަސައްކަތުގައި މަސްއޫލުވެ އުޅެވޭނެކަން ސާބިތުކޮށްދެވޭ ފާރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފެންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
އެހެނިހެން ކަންތައްތައް
|
- މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހެއްކަމުގައި ވުމާއެކު ވަޒީފާއަށް އެދި ހުށަހަޅާއިރު މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ ޢުމުރަކަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ވެގެން ނުވާނެއެވެ.
- މި އިޢުލާނާ ގުޅިގެން އީ-މެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީޑީއެފް ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނިކަމުގައި ދަންނަވަމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ހިއްޕަވައިގެން ވަޑައިގަތުމަށް ދެންނެވީމެވެ.
|
|
|
|