ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-PAMD/AM/2022/01
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 24 ފެބުރުވަރީ 2022 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމްގަތުމަށް ކޮށްފައިވާ އިޢުލާނުގެ އަދަދު ބަދަލުވުމާއި ބީލަން ހުށަހަޅާ ތާރީޚް ބަދަލުވުން.

                                                ނަންބަރު: MNU-CA-PAMD/AM/2022/01

 

އެމެންޑްމަންޓް-1

އިއުލާން ނަންބަރު

MNU-CA-PAMD/2022/013

އިއުލާނުގެ ތާރީޚް

13 ފެބުރުވަރީ 2022

ބީލަމުގެ ނަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނޭރިންގ ސައިންސް އެންޑް ޓެކްނޮލޮޖީއަށް ހައި-އެންޑް ކޮމްޕއުޓަރ ސިސްޓަމް ހޯދުން.

 

މި ޔުނިވަރސިޓީން 13 ފެބުރުވަރީ 2022 ގައި ކުރި MNU-CA-PAMD/2022/013 ނަންބަރު އިއުލާނާ އޭޓޭޗްކުރެވިފައިވާ މައުލޫމާތު ކަރުދާހުގައި ހޯދަން ބޭނުންވާ ހައި- އެންޑް ސިސްޓަމްގެ އަދަދަކީ 21 ކަމުގައި ބަޔާންކޮށް މި ޔުނިވަރސިޓީން ޝާއިޢުކުރި އެޑެންޑަމް-1 ((MNU-CA-PAMD/AD/2022/01 ގައި ކުށެއްވާތީ އެ އެޑެމްޑަމް ބާޠިލުކޮށްފައިވާ ވާހަކަ ދަންނަވަމެވެ. މިހެންކަމުން ތިރީގައި މިދަންނަވާ އެމެންޑްމަންޓްތައް ޙަވާލާދެވުނު އިއުލާނަށް ގެނެސްފައިވާކަން މައުލޫމާތައްޓަކައި ދެންނެވީމެވެ.

 

  • ބީލަން ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި: 24 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 10:00 އަށް ބަދަލުކުރުން
  • ނަންބަރު 1. ތައާރަފް އަންނަނިވިގޮތަށް ބަދަލުކުރުން:

މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައެންސް އެންޑް ޓެކްނޯލޮޖީއަށް 16 ހައި-އެންޑް ކޮމްޕިއުޓަރ ސިސްޓަމްސް ގަތުމަށް ކުރެވުނު ޢިއުލާނާ ގުޅިގެން ދެވޭ މަޢުލޫމާތެވެ.

 

 

މިހެންވެ، މައުލޫމާތަށްޓަކާ މިވާހަކަ ދެންނެވީމެވެ.

 

21 ފެބްރުއަރީ 2022

21 ފެބުރުވަރީ 2022