މަސައްކަތް
ނަންބަރު: ASND/PRC/IUL/2022/0017
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 27 ފެބުރުވަރީ 2022 10:30
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
Microsoft O365 ލައިސެންސް އައުކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ: ASND/PRC/IUL/2022/0017


މި ކުންފުނީގައި ބޭނުންކުރަމުން އަންނަ  Microsoft O365 ލައިސެންސް އައުކޮށްދޭނެ ފަރާތެއް ހޯދަން 07 ފެބްރުއަރީ 2022 ގައި ކުރި އިޢުލާން ނަންބަރު ASND/PRC/IUL/2022/0015 އަށް އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

މި މަސައްކަތަށް ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 22 ފެބްރުއަރީ 2022 އިން 24 ފެބްރުއަރީ 2022 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 15:00 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވިރިކޮށް ފޮނުވޭނެއެވެ.  

ބިޑު ހުށަހަޅާ ފަރާތްތަކުން މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި -/16800ރ، (ސޯޅަހާސް އަށްސަތޭކަ ރުފިޔާ) ބިޑާއެކު ހުށަހަޅަންވާނެއެވެ.

27 ފެބްރުއަރީ 2022 ވާ އާދީއްތަަ ދުވަހުގެ 10:30 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

21 ފެބްރުއަރީ 2022

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011483      

21 ފެބުރުވަރީ 2022