ކުއްޔަށް ދިނުން
ނަންބަރު: (IUL)396-A/2022/14
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 13 މާރިޗު 2022 13:00
ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ބެންމާފުށި ކުއްޔަށް ދޫކުރުމާއި ގުޅޭ

ލ.ދަނބިދޫ ކައުންސިލްގެ އިހްތިޞާޞްގައި ހިމެނޭ ލ.ބެންމާފުށި 20 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. މިރަށް ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކުން 01 މާރިޗް 2022 އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ސްލިޕް ފުރުއްވާ މިކައުންސިލުގެ އީ މެއިލް ([email protected]) އަށް ފޮނުއްވުންއެދެމެވެ. ނުވަތަ މިކައުންސިލަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. އަދި ރަޖިސްޓްރޭޝަން ސްލިޕްއާއިއެކު ބީލަން ފޮތުގެ އަގު -/50 ރުފިޔާ މި ކައުންސިލްގެ އެކައުންޓް ނަންބަރު: 7707-700475-001               އަށް ޖަމާ ކުރުމުން، ރަޖިސްޓްރީވާ ފަރާތްތަކަށް  ބީލަންފޮތް މެއިލް ކުރެވޭނެއެވެ.   

ތަފްސީލު

ތަފްސީލު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

02 މާރިޗް 2022 ހޯމަ

13:00 ގައި

ލ.ދަނބިދޫ ކައުންސިލްގެ އިދާރާ

ބިޑް ހުށަހެޅުން

13 މާރިޗް 2022 އާދިއްތަ

13:00 އަށް

ލ.ދަނބިދޫ ކައުންސިލްގެ އިދާރާ

  

           ވީމާ، ލ.ބެންމާފުށި ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.ބީލަމަށްކުރިމަތި ލެވޭނެ ފަރާތްތައް     

1.1

މި ބީލަމުގައި ބައިވެރިވެ އަންދާސީ ހިސާބު ހުށަހެޅޭނީ (ޤާނޫނު ނަންބަރ: 2014/18 ) ގެ ދަށުން    މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.  

 

1.1.2 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

 

2.1.2 ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

 

3.1.2 ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

 

4.1.2 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

 

1.2

މިމާއްދާގެ 1.1 ގައި ބަޔާންކުރާ ފަރާތްތަކުގެ އިތުރުން އެހެން ފަރާތްތަކަކަށް ބީލަމަށް ކުރިމަތިލެވޭނަމަ އެކަން ބީލަން ޝީޓްގައި ބަޔާން ކޮށްފައިވާނެއެވެ

 

           ވީމާ ބީލަމުގައި ރަޖިސްޓްރި ކުރިފާރާތްތައް 13 މާރިޗް 2022 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.އަދި މި ބިޑުގައި ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނެ ވާހަކަ    މަޢުލޫމާތައްޓަކައި ދެންނެވީމެވެ. ބިޑާބެހޭ  މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރު 6800867،6800872،9559500 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

           ވީމާ، އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

21 ފެބުރުވަރީ 2022