ކުއްޔަށް ދިނުން
ނަންބަރު: (IUL)298/298/2022/7
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 27 ފެބުރުވަރީ 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑު ބިން ދޫކުރުން

 އިޢުލާން

ދަނޑު ބިން ދޫކުރުން    

      ދަނޑު ވެރިކަން ކުރުމަށްޓަކައި 3 އަހަރާއި 5އަހަރުގެ މުއްދަތަށް 2450އަކަފޫޓް 2400އަކަފޫޓްގެ، ބިން ތިރީގައިވާ ގޮތުގެ މަތީން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

  1. 1   ބިންދޫކުރާ ގޮތުގެ ތަފްސީލް:

        1.1.   12 ބިން 3 އަހަރުގެ މުއްދަތަށް

        1.1.1.      ފުރަތަމަ އަހަރު ކުލި ދައްކާކަށް ނުޖެހެއެވެ.

        1.1.2.      2ވަނަ އަހަރާއި 3ވަނަ އަހަރު ކޮންމެ އަހަރަކަށް 3000.00(ތިންހާސް ރުފިޔާ)

  1.2  20 ބިން 5 އަހަރުގެ މުއްދަތަށް

        1.2.1        ފުރަތަމަ އަހަރު ކުލި ދައްކާކަށް ނުޖެހެއެވެ.

        1.2.2        2ވަނަ އަހަރާ 3ވަނަ އަހަރަށް ކޮންމެ އަހަރަކަށް 3000.00(ތިންހާސް ރުފިޔާ)

        1.2.3        4ވަނަ އަހަރާ 5ވަނަ އަހަރަށް ކޮންމެ އަހަރަކަށް 4000.00(ހަތަރުހާސް ރުފިޔާ)

       ވީމާ، ދެންނެވިފައިވާ ގޮތަށް ދަނޑުބިން ބޭނުންވެލައްވާ ފަރާތްތަކުން މިއިދާރާއަށް 2022 ފެބުރުވަރީ 27ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ބޭނުންވާ ބިން އެނގޭގޮތަށް ސިޓީގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. ދޫކުރުމަށް ހަމަޖެހިފައިވާ ބިމަށް ވުރެ ބިމަށް އެދިފައިވާ ފަރާތްތައް އިތުރުވާނަމަ ބިންދޫކުރާނީ ގުރުއަތުލައިގެން ކަމުގައި ދެންނެވީމެވެ. ނަމަވެސް ދޫކުރުމަށް ކަނޑައެޅިފައިވާ ބިމަށްވުރެ ހުށަހެޅިފަރާތްތައް މަދުނަމަ ހުށަހެޅި ފަރާތްތަކަށް ބިންދޫކުރެވޭނެއެވެ. އޭގެފަހުންވެސް ހުސްބިން އޮތްނަމަ ސިޓީލާފައިވާ ތަރުތީބުން ކަނޑައެޅިފައިވާ ބިންތައް ދޫކުރެވޭނެއެވެ.

       މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.            

       20  ރަޖަބު   1443

       21 ފެބުރުވަރީ  2022

21 ފެބުރުވަރީ 2022