ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2022/49
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:24
ސުންގަޑި: 28 ފެބުރުވަރީ 2022 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސިނިއަރ ކޮންސަރވޭޝަން އޮފިސަރ

އިޢުލާނު

 

މަޤާމު:

ސިނިއަރ ކޮންސަރވޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-328804

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ / ކ. މާލެ

މުސާރަ:

-/7035

ސަރވިސް އެލަވަންސް:

-/2000

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
  • ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ %28

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ތިމާވެށީގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް މެނޭޖްމަންޓް ޕްލޭން އެކުލަވާލައި ތަންފީޒުކުރުން،އަދި މެނޭޖްމަންޓް އިފެކްޓިވްނަސް އަށް ބަލައި، މި ޕްލޭންތައް މުރާޖަޢާކުރުން    
  2. ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، އެ ސަރަޙައްދުތަކަށް އިޖްތިމާޢީ އަދި އިޤްތިޞާދީ މަންފާ ލިބޭގޮތަށް ކޮންސެޕްޓް އެކުލަވާލައި، ޤާއިމްކުރަންޖެހޭ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން
  3. ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް މެނޭޖްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ފައިސާއާއި އަދި ފަންނީ ވަޞީލަތްތައް ހޯދުމުގެ ގޮތުން ޕަބްލިކް ޕްރައިވެޓް ޕަރޓްނާޝިޕްގެ ދަށުން މަސައްކަތް ކުރުމާއި، ބޭރުގެ ހިލޭއެހީ ހޯދުމަށް މަސައްކަތް ކުރުން
  4. ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ރައްޔިތުންނަށް ސީދާ އިޤްތިޞާދީ މަންފާ ލިބޭ "ލައިވްލިހުޑް ގްރާންޓް" ސްކީމެއް އެކުލަވާލައި ތަންފީޒުކުރުމާއި، ލައިވްލިހުޑް ގްރާންޓް ދޭ ޕްރޮޖެކްޓްތައް މޮނިޓާރކޮށް ތަންފީޒުކުރުމަށް އެހީތެރިވެދިނުން
  5. އަތޮޅު ކައުންސިލްތަކާއި، ރަށުކައުންސިލްތަކާއި، އަމިއްލަ ފަރާތްތަކުން މަނޭޖްކުރާ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަށް ބޭނުންވާ، ޓެކްނިކަލް ލަފަޔާއި އިރުޝާދު ދިނުން 
  6. ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ޙާލަތު ދެނެގަތުމާއި، އެތަންތަނަށް ޤުދުރަތީ ގޮތުންނާއި އިންސާނާގެ ޢަމަލުތަކުގެ ސަބަބުން ދިމާވާ ގެއްލުންތައް ދެނެގަނެ، އެފަދަ ގެއްލުންތައް ކުޑަކުރުމަށް، ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން
  7. ހިމާޔަތްކުރެވޭ ތަންތަނުގެ ޙާލަތު މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި އެ ތަންތަނާއި ބެހޭ މަޢުލޫމާތު އެއްކޮށް ޑޭޓާބޭސްއެއް ތައްޔާރުކޮށް ބަލަހެއްޓައި އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ޙިއްޞާކުރުން 
  8. ސެކްޝަން ހެޑަށް ލަފައާއި މަޝްވަރާ ދިނުމާއި، އޮފީހުގެ އެހެނިހެން ކަންކަމުގައި ބައިވެރިވުމާއި، އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުން   
  9. ޔުނިޓްގެ އަހަރީ ރިޕޯޓް، ވާރކްޕްލޭން، ބަޖެޓް އެކުލަވާލުމާއި، އަދި ސިވިލް ސާވިސް ޤަވާއިދާއި މާލިއްޔަތު ގަވާއިދުގެ ދަށުން ޔުނިޓްގެ އެންމެހާ ކަންކަން ހިނގާކަން ޔަޤީންކުރުން

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 
  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 9 އިން ފެށިގެންމަތީގެ ސަނަދެއް ހާސިލްކޮށްފައިވުން

ތަޢުލީމީ ރޮނގު(ތައް):

  • އެޓްމޮސްފިއަރިކް ކެމިސްޓްެރީ
  • އެޓްމޮސްފެރިކް ސައިންސް
  • ބަޔޯ ޑައިވާސިޓީ
  • ކެމިސްޓްރީ
  • ކޯސްޓަލް ޒޯން މެނޭޖްމަންޓް
  • އެނަރޖީ
  • އެނާރޖީ މެނޭޖްމަންޓް
  • އެނާރޖީ ޕޮލިސީ
  • އެންވަޔަރަންމެންޓަލް ކެމިސްޓްެރީ
  • އެންވަޔަރަންމެންޓަލް ކޮންޒަވޭޝަން
  • އެންވަޔަރަންމެންޓަލް އިކޮނޮމިކްސް
  • އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
  • އެންވަޔަރަންމަންޓަލް ޕޮލިސީ
  • އެންވަޔަރަންމެންޓަލް ސައިންސް
  • އެންވަޔަރަމެންޓަލް ސްޓަޑީޒް
  • ޖިއޯގްރަފިކަލް އިންފޮމޭޝަން ސިސްޓަމް
  • އިންފޮމޭޝަން ރިސޯސަސް މެނޭޖްމަންޓް
  • މައިކްރޯބަޔޮލޮޖީ
  • ޕްރޮޖެކްޓު މެނޭޖުމަންޓު
  • ސްޓެޓިސްޓިކްސް
  • ވޭސްޓް މެނޭޖްމަންޓް
  • ވޯޓަރ އެންޑް ސެނިޓޭޝަން
  • ވޯޓަރ ކެމިސްޓްރީ
  • ވޯޓަރ މައިކްރޯބައޮލޮޖީ
  • ވޯޓަރ ރިސޯސް މެނޭޖްމަންޓް
  • ވޯޓަރ ސައިންސް

ޕްރިފަރޑް ޑިސިޕްލިން(ތައް) :

  • ނެތް

ކޯ ޑިސިޕްލިން(ތައް):

  • އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
  • އެންވަޔަރަންމެންޓަލް ކޮންޒަވޭޝަން
  • އެންވަޔަރަންމެންޓަލް ސައިންސް

ގުޅޭވަޒީފާގެ ދާއިރާތައް:

  • އެންވަޔަރަމެންޓް

(ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް):

  • އެންވަޔަރަމެންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10 ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނީ، 01 މާރިޗް 2022 އާއި 14 މާރިޗް 2022 އާ ދެމެދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018326،3018328 އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

21 ފެބުރުވަރީ 2022