މަސައްކަތް
ނަންބަރު: (IUL)450-CA/450/2022/9
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 03 މާރިޗު 2022 11:00
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންސަލްޓެންޓެއް ހޯދުމަށް - ގެވެށި އަނިޔާގެ މައްސަލަތަކަށް އިޖާބަ ދިނުމުގައި އަމަލު ކުރާނެ ގޮތުގެ 'މިނިމަމް ސްޓޭންޑަޑް' އެކުލަވާލުމާއި ގުޅޭ

އިޢުލާން

ގާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު)ގެ ދަށުން އިޖްތިމާއީ ހިދުމަތްދޭ ފަރާތްތަކުން ގެވެށި އަނިޔާގެ މައްސަލަތަކަށް އިޖާބަ ދިނުމުގައި އަމަލު ކުރާނެ ގޮތުގެ 'މިނިމަމް ސްޓޭންޑަޑް' އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ކޮންސަލްޓަންޓެއް ހޯދުމާ ގުޅޭ

ތަޢާރުފު

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން 2012 ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ. މި އޮތޯރިޓީގެ މައިގަނޑު އަމާޒަކީ ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ކަނޑައެޅުމެވެ. އަދި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހިދުމަތްތައް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ދެމުންގެންދޭތޯ ކަށަވަރު ކުރުމާއި، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިސްލާހުވުމަށް ބޭނުންވާ ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުމެވެ. މިގޮތުން އޮތޯރިޓީގެ ތަސައްވަރަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ، އެއްވެސް ތަފާތުކުރުމެއްނެތި، ގެވެށި އަނިޔާގެ އަމަލުތަކުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ ބަޔަކަށްވުމެވެ.

ގާނޫނު ނަމްބަރު 3/2012 (ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނު) ގައި މި އޮތޯރިޓީއަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި 'ގެވެށި އަނިޔާގެ އަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތައާރަފުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުން' ވަނީ ބަޔާންކޮށްފައެވެ.  ވުމާއެކު، އޮތޯރިޓީން ތަޢާރަފު ކުރަންޖެހޭ މިންގަނޑު ތަކުގެ ތެރެއިން އިޖްތިމާއީ ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ގެވެށި އަނިޔާގެ މައްސަލަތަކަށް އިޖާބަ ދިނުމުގައި އަމަލު ކުރާނެ ގޮތުގެ 'މިނިމަމް ސްޓޭންޑަޑް' އެކުލަވާލުމަށްޓަކައި ކޮންސަލްޓަންޓަކު ހޯދުމަށް އިއުލާންކުރަމެވެ.

1. ކޮންސަލްޓަންސީގެ މަޤްޞަދު

ގެވެށި އަނިޔާގެ މައްސަލަތަކަކީ އަނިޔާ ލިބޭ ފަރާތުގެ އިންސާނީ ހައްގުތައް ނިގުޅައިގަނެވި، އެފަރާތުގެ ސިއްހަތާއި ދުޅަހެޔޮކަމަށް ބުރޫއަރާ އަދި މުޖުތަމައަށްވެސް އޭގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރިމަތިކުރުވާ މައްސަލަތަކެކެވެ. 2021 ވަނަ އަހަރު ތެރޭ ޖުމުލަ 577 މައްސަލަ އެއް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓުކުރެވިފައިވާއިރު ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކުން ގެވެށި އަނިޔާގެ ރިފަރަލް ލިބިފައިވާކަން ފާހަގަކުރަމެވެ. މިގޮތުން، މިފަދަ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އިޖްތިމާޢީ ޚިދުމަތްތަކަކީ އަނިޔާއިން ސަލާމަތްވެ ކުރިމަތިވި އަނިޔާގެ އަސަރު ކުޑަކުރުމަށް ނުހަނު ބޭނުންތެރި ޚިދުމަތެކެވެ.

އެހެންކަމުން، މި ކޮންސަލްޓަންސީގެ މަގްސަދަކީ ދިވެހިރާއްޖޭގެ އެކި ރަށްތަކުގައި ގެވެށި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމަށް ގާއިމުކުރެވިފައިވާ މަރުކަޒުތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ފަރާތުން އަނިޔާ ލިބޭ މީހުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކަކީ ކޮބައިކަމާއި، އެ ޚިދުމަތްތައް ހުންނަޖެހޭނެ މިންގަނޑުތަކަކީ ކޮބައިކަމާއި، އެ ހިދުމަތުގެ ފެންވަރު ކަނޑައެޅުމަށްޓަކައި 'މިނިމަމް ސްޓޭންޑަޑް' އެކުލަވާލުމެވެ. އަދި މި 'މިނިމަމް ސްޓޭންޑަޑް' ކަނޑައެޅިގެންދާއިރު ގަވާއިދު ނަންބަރު: 2018/R-101 (ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ އާންމު ގަވާއިދު)  ގައި ބަޔާންކޮށްފައިވާ މިންގަނޑުތައް ތަފުސީލުވެގެން އައުމަކީވެސް މި ކޮންސަލްޓަންސީގެ މަޤްސަދެކެވެ. އެގޮތުން ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ އަންނަނިވި ހިދުމަތްތަކުގެ 'މިނިމަމް ސްޓެންޑަޑްތައް' ތަފުސީލުކޮށް ކަނޑައެޅުން މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

  • އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކުން ހިފަހައްޓަންޖެހޭ ހިދުމަތުގެ މިންގަނޑު (ފަސްވަނަ ބާބު)
    • ހެލްޕްލައިންގެ ހިދުމަތް
    • ލަފާދިނުމާއި، މައުލޫމާތު ފޯރުކޮށްދިނުން
    • ސައިކޯސޯޝަލް ސަޕޯޓް
  • ވިކްޓިމް ސަޕޯޓް (ހަވަނަ ބާބު)
    • ކްރައިސިސް އިންޓަވެންޝަން
    • ޖިނާއީ އަދުލުގެ ނިޒާމުގެ އެކި މަރުހަލާތަކާބެހޭ، އަދި އެއިން ކޮންމެ މަރުހަލާއެއްގެ އިޖުރާއަތުތަކާބެހޭ މައުލޫމާތު ދިނުން
    • ގެވެށި އަނިޔާގެ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ލިބެންހުރި އެހެނިހެން ހިދުމަތްތަކަށް ރިފަރަލް ހެދުން
    • ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަމިއްލަ މުއައްސަސާގެ ތެރެއިން ނުވަތަ އެހެން މުއައްސަސާތަކާ ގުޅިގެން އެޅުން
    • ގެވެށި އަނިޔާގެ ޢަމަލެއްގެ ޝިކާރައަކަށް ވެފައިވާ މީހާއާއެކު، ކޯޓަށް ދިއުން

އިސްވެދެންނެވި ޚިދުމަތްތައް ހުންނަޖެހޭނެ މިންގަނޑުތައް ކަނޑައެޅުމުގައި، އެހިދުމަތްތައް ފޯރުކޮށްދެވޭނެ ފަރާތްތަކުގެ ހުންނަންޖެހޭ އަސާސީ ތަޖުރިބާ ނުވަތަ އެފަރާތްތަކުން ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމުތަކުގައި ހިމަނެންޖެހޭ ބައިތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ. އަދި ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ އާންމު ގަވާއިދުގައި ހިމެނިފައިވާ ހިދުމަތްތަކުގެ އިތުރުން އަނިޔާ ލިބޭ މީހުންނަށް ކުރިޔަށް ގެންދެވޭ 'އިންޓަވެންޝަން' އަދި 'އައުޓްރީޗް' ފަދަ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭނެ 'މިނިމަމް ސްޓެންޑަޑް' ތަކަކީ ކޮބައިކަން ދެނެގަތުމަތީ މިކޮންސަލްޓަންސީގެ އެއް މަޤްޞަދެވެ.

މި މަސައްކަތުގެ ތެރޭގައި  ބައިނަލްއަގްވާމީ ފެންވަރުގައި މިހާތަނަށް ހެދިފައިވާ މިފަދަ ސްޓޭންޑަޑްތައް ދިރާސާކޮށް، ދިވެހިރާއްޖޭގައި އިޖުތިމާއީ ޚިދުމަތް މިހާރު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު 'ކީ-އިންފޯމަންޓް އިންޓަވިއު' ކުރިޔަށް ގެންދިއުން ހިމެނެއެވެ. އަދި، ގެވެށި އަނިޔާގެ މައްސަލަތަކުގައި އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކުން ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި، ހުންނަންޖެހޭ އަސާސީ ޚިދުމަތްތަކާއި، އެ ޚިދުމަތުގެ ފެންވަރު ކަނޑައެޅުމުގައި ކަމާގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ރިއާޔަތްކުރުމަކީ މުހިންމު ކަމެކެވެ.

2. ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތު

މި ކޮންސަލްޓަންސީގެ މަސައްކަތުގެ މަސްއޫލިއްޔަތު ތިރީގައި ބަޔާންކުރެވިފައިވެއެވެ.

  • ދުނިޔޭގެ އެކި ގައުމުތަކުގައި އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކުން ގެވެށި އަނިޔާއަށް އިޖާބަދިނުމަށް ތައްޔާރުކުރައްވާފައިވާ ސްޓެންޑަޑްތަކާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ އިޖުތިމާއީ ހިދުމަތް ފޯރުކޮށްދޭ މުއައްސަސާތަކާއި އަނިޔާ ލިބޭ ފަރާތްތަކާއެކު މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ފަރާތްތަކާއެކު އަދި އެހެނިހެން ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާ ބައްދަލުވުން ބާއްވައި އެކަންކަމުގެ މައްޗަށް ބިނާކޮށް ޑެސްކް ރިވިއުއެއް ތައްޔާރުކުރުން.
  • ޑެސްކް ރިވިއު އަދި ދާއިރާގެ ތަޖުރިބާކާރުން އަދި އެހެނިހެން މަސްއޫލުވެރިންނާއި މަޝްވަރާ ބައްދަލުވުންތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އިޖްތިމާއީ ހިދުމަތްދޭ ފަރާތްތަކުން ގެވެށި އަނިޔާގެ މައްސަލަތަކަށް އިޖާބަ ދިނުމުގައި އަމަލު ކުރާނެ ގޮތުގެ 'މިނިމަމް ސްޓޭންޑަޑް' ފަރުމާކުރުން.
  • އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ 'މިނިމަމް ސްޓޭންޑަޑްތަކާ' އެއްގޮތަށް އަމަލުކުރޭތޯ މޮނިޓަރކުރުމަށް މޮނިޓަރިންގ އަދި އިވޭލުއަޝަން އިނޑިކޭޓަރތައް ފާހަގަ ކޮށް އެކަމަށް ހާއްސަ  ޓޫލްއެއް ތައްޔާރުކުރުން.
  • 'މިނިމަމް ސްޓެންޑަޑް' އަދި މޮނިޓަރިންގ އަދި އިވޭލުއަޝަން ޕްލޭން ފައިނަލް ކުރުމަށްޓަކައި ކަމާއިގުޅުން ހުރި މުއައްސަސާތަކާއި އެކު ވެލިޑޭޝަން ވާކްޝޮޕެއް ބޭއްވުން.
  • އޮތޯރިޓީގެ ކޮމެންޓުތަކާއި، ވެލިޑޭޝަން ވާކްޝޮޕްގެ ހުށަހެޅުންތަކުގެ އަލީގައި، 'މިނިމަމް ސްޓެންޑަޑްތައް' ކަނޑައަޅައި ފައިނަލް ރިޕޯޓު އެކުލަވާލައި، އޮތޯރިޓީއާ ހިއްސާކުރުން.

މިމަސައްކަތުގެ ތެރޭގައި އެއްކުރާ އެންމެހައި ލިޔެކިޔުންތަކާއި، އުފައްދާ އެންމެހައި ތަކެއްޗަކީ އޮތޯރިޓީގެ ތަކެއްޗެވެ. މިގޮތުން އިންޓަވިއު ތަކުގެ ނޯޓު ތަކާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އޮތޯރިޓީއާއި ހިއްސާކުރަންވާނެއެވެ. އަދި މިމަސައްކަތް ކުރުމުގެ ތެރޭ ހޯދާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓައި، އިތުރު ކަމަކަށް އެފަދަ މައުލޫމާތު ބޭނުންކޮށްގެން ނުވާނެއެވެ.

3. ކޮންސަލްޓަންޓަކު ހޮވުމުގައި ބަލާނެ ކަންކަން

ތަޖުރިބާ: މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. ސޯޝަލް ސައިންސްގެ ދާއިރާ ނުވަތަ ގާނޫނީ ދާއިރާ އަކުން ނުވަތަ މިފަދަ މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 3-5 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވުން. އަދި މިފަދަ ސްޓެންޑަޑްތައް ނުވަތަ އުސޫލުތައް ކަނޑައެޅުމުގައި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މި ގޮތުން ކުރިމަތިލާ ފަރާތުގެ މަސައްކަތު ތަޖުރިބާގެ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ޓީމަކުން ހުށަހަޅާނަމަ، ޓީމްގެ މެންބަރުންގެ މެދުގައި މިފަދަ ތަޖުރިބާތައް ހުރި މިންވަރަށް ބަލައި މާކްސް ދެވޭނެއެވެ

25%

ތައުލީމު: މިފަދަ މަސައްކަތެއް ކުރުމުގެ ތައުލީމީ ގާބިލުކަން ހާމަކޮށްދޭން ވާނެއެވެ. މިގޮތުން ސޯޝަލް ސައިންސްގެ ދާއިރާ ނުވަތަ ގާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް (މާސްޓާސް ޑިގްރީ) ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މި ގޮތުން ކުރިމަތިލާ ފަރާތުގެ ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.

ޓީމަކުން ހުށަހަޅާނަމަ، ވަކިވަކި މެންބަރުންގެ ތައުލީމު އެނގޭނެހެން ހުށަހަޅަންވާނެއެވެ.

20%

ޕްރޮޕޯސަލް. ޕްރޮޕޯސަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ، އަދި ވާކް ޕްލޭން ހިމަނަން ވާނެއެވެ. މިގޮތުން މި ބަޔަށް މާކްސް ދިނުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް، އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯސަލްގައި ހުށަހަޅާ މެތަޑޮލޮޖީގެ މައްޗަށެވެ.

35%

އަގު: މި ބަޔަށް މާކްސް ދެވޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގުން ހުށަހެޅި އަގު ގެއްލައިގެންނެވެ.

20%

ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް، އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯޒަލްގައި ހުށަހަޅާ މެތަޖޮލޮޖީގެ މައްޗަށެވެ.

  •  މެތޮޑޮލޮޖީ
    • ޕްރޮޕޯޒަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީއަކީ އެކަށީގެންވާފަދަ މެތޮޑޮލޮޖީއެއްކަން (ޖަސްޓިފިކޭޝަން) ދައްކައިދޭންވާނެއެވެ.
    • ހުށަހަޅާ މެތޮޑޮލޮޖީ ތައްޔާރުކުރެވިފައިވަނީ މި ކޮންސަލްޓަންސީ މެދުވެރިކޮށް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ފަދަ ގޮތަކަށްތޯ ބެލެވޭނެއެވެ.
    • ހުށަހަޅާ މެތޮޑޮލޮޖީއަކީ ތައްޔާރު ކުރެވިފައިވަނީ ކަނޑައެޅިފައިވާ މުއްދަތުތެރޭގައި މަސައްކަތް ނިންމޭނެފަދަ ގޮތަކަށްތޯ ބެލެވޭނެއެވެ.
  • ވާރކް ޕްލޭން
    • ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނިންމޭނެފަދަ ގޮތަކަށް ހަރަކާތްތައް ރޭވިފައިވާންވާނެއެވެ.
    • އޮތޯރިޓީއިން ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވާފަދަގޮތަކަށް ތައްޔާރުކުރެވިފައިވާ ވާރކް ޕްލޭނަކަށް ވާންވާނެއެވެ.

4. މަސައްކަތުގެ މުއްދަތު

މިމަސައްކަތުގެ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 4 މަސް ދުވަހެވެ. އެއްވަސްވުމުގައި ސޮއިކުރެވޭނެކަމަށް ލަފާކުރެވޭ މުއްދަތަކީ މާރޗް މަހުގެ 2 ވަނަ ހަފްތާ ތެރޭގައެވެ.

5. ހުށަހަޅަން ޖެހޭ ތަކެތި

ހުށަހަޅާ ޕްރޮޕޯސަލްތައް އޮތޯރިޓީއިން ބަލައިގަންނާނީ ތިރީގައިވާ ލިޔެކިޔުންތަކާއި މައުލޫމާތު ފުރިހަމަ ކަމުގައިވަނީނަމައެވެ. ވަކިވަކި ފަރުދުން، ނުވަތަ ޓީމަކަށް/ފާމަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

  • ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ މައުލޫމާތު
    • އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
    • ވިޔަފާރި/ކުންފުންޏެއް ނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓް، ޖީއެސްޓީ ނުވަތަ ބީ.ޕީ.ޓީ ސެޓްފިކެޓްގެކޮޕީ
    • ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތެއްނަމަ ޓެކްސް ކްލިއަރެންސް ފޯމް.
    • މިފަދަ މަސައްކަތް ކޮށްފައިވާކަން ބަޔާންކޮށް ހެއްކާއެކީ ހުށަހަޅަންވާނެއެވެ. މިބައިގައި ސޯޝަލް ސައިންސްގެ ދާއިރާ ނުވަތަ ގާނޫނީ ދާއިރާއަކުން މަދުވެގެން 3-5 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވޭތޯ އަދި މިފަދަ ސްޓެންޑަޑްތައް ނުވަތަ އުސޫލުތައް ކަނޑައެޅުމުގައި އަމަލީ ތަޖުރިބާ ހުރިތޯ ބެލެވޭނެއެވެ.
    • މިފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ ތައުލީމީ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މިގޮތުން ސޯޝަލް ސައިންސްގެ ދާއިރާ ނުވަތަ ގާނޫނީ ދާއިރާއަކުން މާސްޓާސް ޑިގްރީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
    • ހުށަހަޅާ ތައުލީމީ ސެޓްފިކެޓް ތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ކަމުގައި ވާންވާނެއެވެ.
    • ޓީމަކުން ޕްރޮޕޯސަލް ހުށަހަޅާނަމަ، ޓީމްގައި ހިމެނޭ ވަކިވަކި މެންބަރުންގެ މައުލޫމާތު ހިމަނަން ވާނެއެވެ. އަދި ޓީމް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޮންފަރާތެއްކަން ބަޔާންކުރަން ވާނެއެވެ.
  • ޓެކްނިކަލް ޕްރޮޕޯސަލް
    • މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.
    • މިމަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވޯކް ޕްލޭނެއް، މަސައްކަތް ފަށައިގެން ގޮސް ނިމެންދެން ކުރިއަށް ދާނެގޮތުގެ ޓައިމްލައިނަކާއެކީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.
  • އަންދާސީ ހިސާބު
    • ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މިކަމަށް ބޭނުންވާނެ އަންދާސީ ހިސާބު ތިރީގައިވާ ގޮތަށް ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

ނަންބަރު

ހަރަކާތް

ތަފުސީލު

އަދަދު

ޔުނިޓު އަގު

ޖުމުލަ އަގު

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

6. ފައިސާ ދޫކުރުން

މިމަސައްކަތް ކުރުމަށްޓަކައި އޮތޯރިޓީއިން ހަވާލު ކުރާ ފަރާތަށް ފައިސާ ދޫކުރާނީ ޑެލިވަރެބްލްސް ތަކަށް، ހުށަހަޅާ ޖުމުލަ އަދަދުގެ ޕަސެންޓު ތަކެއް އެއްބަސްވެ، އެގޮތުގެ މަތިންނެވެ.

7. ކޮންފްލިކްޓް އޮފް އިންޓްރެސްޓް

ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހަޅާ ފަރާތާއި އޮތޯރިޓީގެ މުވައްޒަފަކާ ގުޅުމެއް (ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 1.02 ގެ (ހ) ގައި ބަޔާންކުރާ "ކްލޯސް ރިލޭޓިވް" ނުވަތަ "ކްލޯސް އެސޯސިއޭޓިވް" ކަމުގައި ބަޔާންކޮށްފައިވާފަދަ ގުޅުމެއް) އޮތްކަމުގައިވާނަމަ، އެކަމުގެ ސާފު މައުލޫމާތު އެގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ.

8. އިތުރު މައުލޫމާތު ސާފުކުރުން:

އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް 01 މާރިޗު 2022 ގެ 14:00 ގެ ކުރިން ލިޔުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

9. ޕްރޮޕޯސަލް ހުށަހެޅުން: 

  • ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހެޅުން: 03 މާރިޗު 2022 ވަނަ ދުވަހުގެ 11:00 އަށް.
  • ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ.މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
  • ނޯޓް: ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް މި ބިޑުގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
21 ފެބުރުވަރީ 2022