ދިވެހިރާއްޖެ
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ރަތްމަންދޫ، ދިވެހިރާއްޖެ. ނަމްބަރ: (IUL)362/362/2022/7
އިޢުލާން
ކައުންސިލް އިދާރާ ހިންގުމަށް ވަގުތީ ޢިމާރާތެއް ހޯދުން
މިއިދާރާގެ އައު ޢިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މިއިދާރާ ހިންގަމުންދާ ޢިމާރާތް ތަޅާލާ، ބިން ސާފުކުރުމަށްފަހު މިއިދާރާ ހުރި ބިމުގައެވެ. އެހެންކަމުން ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ފެށިގެން މަސައްކަތް ނިމި އައު ޢިމާރާތަށް ކައުންސިލް އިދާރާ ބަދަލުކުރެވެންދެން ކައުންސިލް އިދާރާ ހިންގާނެ ވަގުތީ ޢިމާރާތެއް ހޯދުމަށް ބޭނުންވެއެވެ.
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތާ ބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
ވީމާ، ކައުންސިލް އިދާރާ ހިންގުމަށް ޢިމާރާތެއް ކުއްޔަށް ދިނުމަށް ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކުގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރައްވައި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު: 6720602 އަށް ގުޅުއްވުމުންނާ އަދި މިއިދާރާގެ އީ-މެއިލް: [email protected]އަށް މެއިލް ކުރެއްވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުން |
02 މާރޗް 2022 |
ބުދަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
06 މާރޗް 2022 |
އާދީއްތަ |
11:00 |
20 ރަޖަބު 1443
21 ފެބްރުއަރީ 2022