މުބާރާތް
ނަންބަރު: (IUL)421/421/2022/8
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 21:11
ސުންގަޑި: 31 މާރިޗު 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރްއާން މުބާރާތެއް ބޭއްވުން

 

 

އިޢުލާން

ނަންބަރ:

 (IUL)421/421/2022/8

ތާރީޚް

‏ 19  ރަޖަބް  1443

 20 ފެބުރުއަރީ 2022

 

ކައުންސިލުން 1443 ވަނަ އަހަރު ޤުރްއާން މުބާރާތެއް ބޭއްވުން

 

         1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހު ޢާންމުކޮށް ހުޅުވާލައިގެން މިކައުންސިލުން ޤުރްއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެކި އުމުރުފުރާތަކަށް ބަހާލައިގެން ކަނޑައެޅިފައިވާ މުޤައްރަރަށް ކިޔަވާ އުސޫލުންނެވެ.

         ވީމާ،މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2022 ވަނަ އަހަރުގެ މާރޗް މަހުގެ 01 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ދެމެދު މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް މިއިދާރާއިން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ . އަދި ދަންނަވަމެވެ. މުބާރާތުގައި ބައިވެރި ވެވޭނެ އުމުރު ފުރާތަކާއި،މުޤައްރަރު މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިވާނެ ވާހަކަ ދަންނަވަމެވެ.

        އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                 

‏19‏   ރަޖަބް‏  1443

‏20‏ ފެބްރުއަރީ‏ 2022 

 

                                                         ޙާޝިރު މުޙައްމަދު

                                                      ކައުންސިލްގެ ނާއިބް ރައީސް

20 ފެބުރުވަރީ 2022