ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383/383/2022/11
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 21:06
ސުންގަޑި: 28 ފެބުރުވަރީ 2022 20:30
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ޤާނޫނު ނަންބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ތިރީގައިވާ ކަންކަމާބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުން 28 ފެބްރުވަރީ 2022 ވާ  ހޯމަ ދުވަހުގެރޭ20:30 ގައި ވިލުފުށީ ސުކޫލްގައި އޮންނާނެއެވެ.މި ބައްދަލުވުމުގައި ތިރީގައިވާ ކަންކަން ރައްޔިތުންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހާއި ހަމައަށް، މޮނިޓަރިންގެ ހާލަތުން ރަށް ނުނަގާނަމަ، ރައްޔިތުންނަށް މައުލޫމާތުދިނުން ކުރިއަށް ގެންދާނީ، އޮންލައި ޕްލެޓްފޯމެއް މެދުވެރިކޮށެވެ.

  • 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހިއްސާކުރުން
  • 2022 ވަނަ އަހަރަށް ކަނޑައެޅިފައިވާ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރުން

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 ފެބުރުވަރީ 2022