ދެންނެވުން
ނަންބަރު: SAM/IUL/2022/002
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 20:42
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޤައުމީ ސްކައުޓް އެސެމްބްލީގެ ނޯޓިސް

މިއެސޯސިއޭޝަންގެ 2022 ވަނަ އަހަރުގެ ޤައުމީ ސްކައުޓު އެސެންބްލީ 26 މާރިޗް 2022 ވާ ހޮނިހިރު ދުވަހު އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިރީގައި އެވަނީ ޤައުމީ ސްކައުޓު އެސެންބްލީގެ އެޖެންޑާއެވެ. މި އެސެންބްލީ އޮންނާނެ ގަޑިއާއި އެޖެންޑާއަށް ގެނެވޭ ބަދަލެއްވާނަމަ އެކަން އަދި އޮންލައިންކޮށް ބާއްވާއިރު ބޭނުންކުރާނެ ވަސީލަތުގެ މަޢުލޫމާތު އެސެންބްލީ ފެށުމުގެ މަދުވެގެން 7 ދުވަސްކުރިން މެންބަރުންނަށް އަންގާނެވާހަކަ ދަންނަވަމެވެ.

 

އެސެންބްލީގެ އެޖެންޑާ:

 

  1. ހާޒިރީ އަދި ރޯލްކޯލް
  2. ކީރިތި ޤުރުއާން ކިޔެވުން
  3. އެޖެންޑާ ތަރުތީބުކޮށް ފާސްކުރުން
  4. މަރުޙަބާ ދެންނެވުން
  5. 2021 ވަނައަހަރުގެ އެސެންބްލީގެ ޔައުމިއްޔާ ހުށަހަޅައި ފާސްކުރުން
  6. 2021 އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި ފާސްކުރުން
  7. 2021 ވަނަ އަހަރުގެ މާލީ ބަޔާން ހުށަހެޅުން
  8. 2022 ވަނަ އަހަރު ހިންގާނެ ޙަރަކާތްތައް ހުށަހެޅުން
  9. އެސޯސިއޭޝަންގެ ހިންގާ ޤަވަޢިދުން ލާޒިމްކުރާ މަޤާމުތަކަށް ޢައްޔަނު ކޮށްފައިވާ މީހުންނަށް އެންބްލީން ރުހުންދިނުން
  10. މެންބަރުންގެ އިތުރު ޚިޔާލު

 މިއެސެންބްލީގައި ބައިވެރިވެވޭނީ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 29 ވަނަ މައްދާގެ (ހ) ގެ 1 ވަނަ އަކުރުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް 2021 ވަނަ އަހަރު އެސޯސިއޭޝަނަށް އަހަރީފީ ދައްކާފައިވާ މެންބަރު ގުރޫޕުތަކުން ކަނޑައަޅާ މަންދޫބުންނަށާ، އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ އަކުރުގައި ބަޔާންކުރާ މެންބަރުންނަށެވެ. އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 15 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ އަކުރާ، 29 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ އަކުރުގައި ބަޔާންކޮށްފައިވާ ގޮތަށް އެސެންބްލީ ބޭއްވުމުގެ 3 ދުވަސް ކަމަށްވާ (23 މާރިޗް 202) ގެ ކުރިން 2021 ވަނައަހަރުގެ އަހަރީފީ ދައްކާ ގުރޫޕްތަކަށް އެސެންބްލީގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި މިކަން އަންގައި އިޢުލާނު ކުރަމެވެ.

20 ފެބުރުވަރީ 2022