ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)170-PR/170/2022/41
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 20:10
ސުންގަޑި: 03 މާރިޗު 2022 12:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ފޮޅާ ސާފުކުރުމަށް ބޭނުންވާ ތަކެތި، ސްޓޭޝަނަރީ އަދި ސްޓޮކަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދުމާއިގުޅޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ފޮޅާ ސާފުކުރުމަށް ބޭނުންވާ ތަކެތި، ސްޓޭޝަނަރީ އަދި ސްޓޮކަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދުމާއިގުޅޭ

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ފޮޅާ ސާފުކުރުމަށް ބޭނުންވާ ތަކެތި، ސްޓޭޝަނަރީ އަދި ސްޓޮކަށް ބޭނުންވާ އެހެނިހެން ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)170-PR/170/2022/35) އިޢުލާންގެ މަޢުލޫމާތު ކަރުދާސް ބަދަލުވުމާއި ގުޅިގެން އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުށަހެޅުން:

މި އިޢުލާން އާއި ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

 

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް:

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

02 މާރިޗު 2022ގެ 14:00އަށް

އަންދާސީ ހިސާބު ހުށަހެޅުން

03 މާރިޗު 2022ގެ 12:00އަށް

 

މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށަހަޅާފައިވާ އަގު ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

20 ފެބުރުވަރީ 2022