ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)459-DR/1/2022/74
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 16:02
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު – ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ގަޑިއަށް ބަދަލުގެނައުމާއި ގުޅޭ

އިޢުލާން

 ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު

 ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ގަޑިއަށް ބަދަލުގެނައުމާއި ގުޅޭ

 

ޤާނޫނު ނަންބަރު: 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އަށް، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (5)، (6) އަދި (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާތަކުން މިކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު، ބޭއްވުމަށް ހަމަޖެހިފައިވާ ގަޑި އަށް ބަދަލު ގެނެސްފައިވާތީ ދަންނަވަމެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތު އިތުރުކޮށްދިނުމަށް އެދި ވޯޓު ލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފަރާތުން ޝަކުވާ ހުށަހެޅިފައިވާތީވެ، އެފަރާތްތަކުން ހުށަހެޅުނު ޝަކުވާ އިންތިޚާބުގެ ކަންކަން ކުރުމަށް ހަމަޖެހިފައިވާ ކޮމިޓީއަށް ހުށަހެޅުމުން ކޮމިޓީން ނިންމާފައިވަނީ ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިއަށް ބަދަލު ގެނައުމަށެވެ.

އެހެންކަމުން، މިހާރު މިއިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 ފެބްރުވަރީ 24 ވާ ބުރާސްފަތި ދުވަހުގެ 09:00 އިން 14:00 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

 20 ފެބްރުއަރީ 2022

 

20 ފެބުރުވަރީ 2022