ކުއްޔަށް ދިނުން
ނަންބަރު: (IUL)286-ADM/286/2022/11
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 10 މާރިޗު 2022 11:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ބަނދަރު ސަރަޙައްދުގައި ރެސްޓޯރެންޓް އަދި ލައިޓް ކޮމާޝަލް ވިޔަފާރި ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

                  ނ. ކެނދިކުޅުދޫ ބަނދަރުގެ އުތުރުގައި ހުރި "ކުޑަކުދިންގެ ޕާކް"ގެ އުތުރުން، ސްޓޭޑިއަމާއި އިންވެގެން އޮތް ހުސްބިމުން 3700 އަކަފޫޓްގެ  2 ބިން ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. ވީމާ މިދެންނެވި ސަރަޙައްދުގައި ރެސްޓޯރެންޓްއެއް ނުވަތަ ލައިޓް ކޮމާޝަލް ޤާއިމްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

 

ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން

  • މި ބީލަމުގައި ބައިވެރިވުމަށް -/300.00 (ތިންސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑެބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަން ޖެހޭނެއެވެ.
  • ރެޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ބީލަމުގެ މުއްދަތުގައި ކައުންސިލްގެ އެކައުންޓް ނަމްބަރ: 7720700434001 (1326 REVENUE 1) ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިފް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
  • ބީލަމުގައި ރަޖިސްޓްރީވާން
  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން،  28 ފެބްރުއަރީ 2022 ވާ  ހޯމަ  ދުވަހު  00:11 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރަންވާނެއެވެ. އަދި ރަޖިސްޓްރީކުރާ ފަރާތްތަކަށް މިބީލަމާއިގުޅޭ ބީލަން ފޮތް އީމެއިލް ކުރެވޭނެއެވެ.
  • https://docs.google.com/forms/d/1cz-CmHU2NOV6TLNayatYpVMtoqNT1F42ChwKI0na3KI/prefill

 

  • އަދި މި މުއްދަތުގައި ރަޖިސްޓްރޭޝަން ފައިސާ ދައްކައި ނިންމެވުން އެދެމެވެ. ރަޖިސްޓްރޭޝަން އަށް ދައްކާ ފައިސާއަކީ، އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
  • ބިން ނަންބަރު RS020  ހާއްސަ ކުރެވިފައިވަނީ ރެސްޓޯރެންޓް ނުވަތަ ހޮޓާ ވިޔަފާރިއަށެވެ. އަދި LC023 ހާއްސަ ކުރެވިފައިވަނީ ލައިޓްކޮމާޝަލް ވިޔަފާރިއަށެވެ.

 

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 03 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • ރަޖީސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު, (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަމްބަރާއި، ގުޅޭނެ ނަމްބަރ)  އިނޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 10 މާރޗު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް އީމެއިލް ވެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މިގޮތުން ފޮނުވާ އީމެއިލް ތަކުގެ ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހިފައި ހުންނަށްވާނެއެވެ. އަދި މެއިލް ކުރަންވަންވީ [email protected] އަށެވެ.
  • ނަންނޯޓު ނުކުރާ ފަރާތްތަކާއި، ނަންނޯޓްކުރިނަމަވެސް، ރަޖިސްޓްރޭޝަން ފައިސާ ނުދައްކާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.
  • ކެނދިކުޅުދޫ ބަނދަރު ސަރަހައްދު ބިންދޫކުރުމުގައި އަކަފޫޓަކަށް ޖެހޭނެ އެއްމެ ދަށް އަގަކީ އަކަފޫޓަކަށް 1 (އެކެއް) ރުފިޔާއެވެ.

މާކްސް ދިނުން

  • ބިމުގެ ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް %40 (ސާޅީސް ޕަސަންޓް)

 

  • ހުށަހަޅާ ޕްރޮޕޯޒަލްއަށް   %60 (ފަސްދޮޅަސް ޕަސަންޓް)

ޕްރޮޕޯޒަލްއިވެލުއޭޓްއކުރުމުގައިބެލޭނެކަންކަމާއިޕޮއިންޓްދެވޭނެގޮތް (60 އިންސައްތަ ބެހިފައިވާ ގޮތް)

-          މަލީ ޤާބިލްކަމަށް                      %20

-          ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު          

-           ސީ. އެސް. އާރު.                   %20

-          ދިވެހިންނަށް ވަޒީފާ ދިނުމަށް ހުށަހަޅާ މިންވަރު –

އިތުރު މަޢުލޫމާތު:

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާތިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: [email protected]

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19  G 1443

20 ފެބްރުއަރީ 2022

20 ފެބުރުވަރީ 2022