ދިވެހިރާއްޖެ
ޒުވާނުންނާއި ކުޅިވަރު ކުޅެން ބޭނުންވާ ފަރާތްތަކަށް ވާދަވެރި މާހައުލެއްގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްޞަދުގައި މި ކައުންސިލުން ބާއްވަމުން އަންނަ ގަމު ހޭންޑު ބޯޅަ މުބާރާތް މި އަހަރުގެ މާޗު މަހުގައި ބޭއްވުމަށް މި ދަނީ ތައްޔާރު ވަމުންނެވެ. މި ދުވަސްވަރަކީ ކޮވިޑުގެ ޙާލަތާއި ގުޅިގެން ރަށް މޮނިޓަރިންގ އަށް ލާފައިވާ ދުވަސްވަރަކަށް ވުމާއެކު، މުބާރާތް ބާއްވާނީ ރަށުގެ ކޮވިޑުގެ ޙާލަތު ރަނގަޅުވެ، ރަށް މޮނިޓަރިންގ އިން ނެގުމުންނެވެ. އަދި ރަށް މޮނިޓަރިންގ އިން ނެގުމުން މުބާރާތް ބާއްވާނެ ތާރީޚް އިޢުލާން ކުރާނެ ވާހަކަ ވެސް ދަންނަވަމެވެ.
މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ލާމު އަތޮޅަށް ނިސްބަތްވާ ކުލަބު ޖަމިއްޔާ ތަކާއި، އިދާރާތަކަށް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. މި މުބާރާތަކީ އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. ވީމާ، މި މުބާރާތުގައި ބައިވެލައްވަން ބޭނުންވާ ފަރާތްތަކުން "ގަމު ހޭންޑުބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު 27 ފެބުރުވަރީ 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ފޯމު ހުށައެޅުއްވުން އެދެމެވެ. ފޯމު އީމެއިލް ކުރާނީ [email protected] އަށެވެ. މުބާރާތުގެ ޓީމު ލިސްޓު ހުށަހަޅަންޖެހޭ ފަހު ތާރީޚަކީ 6 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ 13:00އެވެ. ޓީމު ލިސްޓު ހުށަހާޅާ ފޯމާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓު www.gan.gov.mv އިން ލިބެން ހުންނާނެއެވެ. ވީމާ، މި ކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.