ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2022/7 |
ތާރީޚް |
19 ރަޖަބް 1443 |
|
20 ފެބުރުއަރީ 2022 |
މިސްކިތު މުވައްޒަފުން ޗުއްޓީ ނެގުމުންނާއި،ސަލާމްބުނުމުން ބަދަލުގައި މީހުން ހޯދުމާބެހޭ:
06 މާރޗް 2022 އިން 04 މާރޗް 2023 ގެ ނިޔަލަށް މިރަށު މިސްކިތްތަކަށް ވޭޖް އުސޫލުން ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.
މަޤާމް: މަސައްކަތު ( މިސްކިތްތަކަށް )
ބޭނުންވާ ޢަދަދު: 03
މަޤާމުގެ ރޭންކް: އެސްއެސް 01
މަޤާމުގެ ގިންތި: ވަގުތީ
މަޤާމުގެ މުއްދަތު: 01 ( އަހަރު ދުވަސް )
މަޤާމުގެ ކްލެސިފިކޭޝަން: ވޭޖް އުސޫލުން ގެންގުޅޭ މަސައްކަތު މީހުން
މުސާރަ: މިސްކިތަށް ހާޟިރުވާ ކޮންމެ ނަމާދު ވަގުތަކަށް -/45 ( ސާޅީސް ފަސް ރުފިޔާ )
ފެންވަރު ނުވަތަ ޝަރުޠު: އަސާސީ ފެންވަރަށް ތަކެތި ދަތުމާއެކު މިސްކިތު މަސައްކަތްކުރެވޭނެ ޖިސްމާނީ ގާބިލްކަން ހުރުމާއެކު އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.
ވީމާ،މިވަޒީފާއަށް އެދިލައްވާފަރާތްތަކުން 01 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެކުރިން އައިޑީކާޑުގެ ފޮޓޯ ކޮޕީ އަކާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުންއެދެމެވެ. މަޤާމްތަކަށް މީހުން ހޮވާނީ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށް %50 އަށްވުރެ މަތިން އެންމެގިނަ މާކްސް ލިބޭ 03 ފަރާތެއް ހޮވާ ގޮތަށެވެ. މިމުއްދަތުގެތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ ބަންދުވާ ކޮންމެ ދުވަހަކަށް ދުވަހެއް އިތުރު ކުރެވޭނެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
19 ރަޖަބް 1443
20 ފެބްރުއަރީ 2022
ޙާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް