ދިވެހިރާއްޖެ
އިޢުލާން
1443 ވަނަ އަހަރުގެ ރަމަޟާން މަހު ދ.ކުޑަހުވަދޫ މަސްޖިދުއް ސިއްދީޤްގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘެއް ހޯދުމާއި ގުޅޭ:
1443 ވަނަ އަހަރުގެ ރަމަޟާންމަހު ދ.ކުޑަހުވަދޫ މަސްޖިދުއް ޞިއްދީޤް ގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘެއް ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރުމަށް ބޭނުންވާ ދިވެހި ނުވަތަ ބިދޭސީ ޙާފިޘުންނަށް ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން 1443 ވަނަ އަހަރު މިރަށު މަސްޖިދުއް ސިއްދީޤްގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފަރާތްތަކުން ކަޑައެޅިފައިވާ ފޯމް ( ދިވެހި ޙާފިޘެއްނަމަ "ދިވެހި ޙާފިޘުން ޙިފްޘުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ހުއްދައަށް އެދޭ ފޯމް" އަދި ބިދޭސީއެއް ނަމަ " ރާއްޖެއިން ބޭރުގެ ޙާފިޘުން ޙިފްޘުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ހުއްދައަށް އެދޭ ފޯމް") ފުރިހަމަކޮށް ލިޔުންތަކާއެކު، 2022 ފެބްރުވަރީ 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. ދިވެހި އަދި ބިދޭސީ ޙާފިޘުން އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރުމަށް ހުއްދައަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާއިންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
އުޖޫރަ ( އެލަވަންސް ):
ދިވެހި ޙާފިޘުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރަށްވާ ކޮންމެ ރެޔަކަށް -/500 ( ފަސްސަތޭކަ ) ރުފިޔާގެ އަދި ބިދޭސީ ޙާފިޘުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރަށްވާ ކޮންމެ ރެޔަކަށް -/200 ( ދުއިސައްތަ ) ރުފިޔާގެ މަގުންނެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ރަޖަބު 1443