މަސައްކަތް
ނަންބަރު: (IUL)244-ESMSMS/244/2022/8
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 27 ފެބުރުވަރީ 2022 14:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ނިބްރާސްގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

             1443 ވަނަ އަހަރުގެ ރަމަޟާންމަހު މަސްޖިދުލް ނިބްރާސްގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކޮށްދިނުމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކުން ނުވަތަ ބޭރުން ޙާފިޡަކު ގެންނަވައިގެން ތަރާވީޙު ނަމާދު އިމާމުވެ ޙިފްޡުކޮށް ކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ފެބުރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއި އެކު ލިޔުމަކުން މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.  މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ފޯނުނަމްބަރު 6500035 ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މެއިލް ކުރަށްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ޙާފިޡު ގެންނަފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަވަން ވާނެއެވެ.

 

  • ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަތައް ހޯދުން.
  • ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
  • ޙާފިޡު މާލެ ގެނައުމާއި، ރަށާހަމައަށް ގެނެސް ދިނުން.
  • ޙާފިޡު ކަރަންޓީނުގެ ކަންތައް ހަމަޖެއްސުން.
  • ރަމަޟާންމަސް ނިމުމުން، ޙާފިޡު އަނބުރައި މާލެ ގެންގޮސް، އޭނާގެ ޤައުމަށް ފޮނުވާ ދިނުން.
  • ޙާފިޡަށް ދޭންޖެހޭ އެލަވަންސް އެފަރާތައް ދިނުން.
  • ޙާފިޡު އިންޝްއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.

 

           މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ފެބުރުވަރީ 2022