ދިވެހިރާއްޖެ
c
ކައުންސިލްކަޕްފުޓުބޯޅަމުބާރާތުގެޤަވާއިދު 2022
1- މުބާރާތް
1.1 - މިމުބާރާތަކީ މާފަރުގަ ފުޓުބޯޅަ އަށް ޝަޢުޤުވެރިކަން ހުންނަ އެންމެހާ ފަރާތްތަކަށް އަމާޒުކޮށްގެން ބޮޑުގޯލަށް ކުޅޭ ގޮތަށް ހިންގޭ މުބާރާތެކެވެ.
2- މުބާރާތުގެމަޤްސަދު
2.1- ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުން.
2.2- ފުޓްބޯޅައިގެ ރޫޙް ދެމެހެއްޓުމާއި ފުޓްބޯޅަ ކުޅޭ ކުޅުންތެރިން އިތުރުކުރުން.
2.3- ކުޅިވަރުގެ ރޫޙާ، ފުޓްބޯޅައިގެ ޤަވާޢިދާއެކު ވާދަކުރުމަށް ފުރުސަތު ފަހިކޮށްދިނުން.
3- މެޗްތައްކުޅެންހަމަޖެހިފައިވާގޮތް
3.1- މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 15 މާރޗް 2022 ގައެވެ.
3.2- މުބާރާތުގެ މެޗުތައް ކުޅެވޭނީ މުބާރާތުގެ ޝެޑިއުލްގައިވާ ގޮތުގެ މަތިންނެވެ.
4. މުބާރާތްކުޅެވޭއުޞޫލު
4.1- މިމުބާރާތް ކުޅެވޭނީ ޕޮއިންޓް އުސޫލަށެވެ.
4.2- ޕޮއިންޓް ދެވޭ އުސޫލަކީ މެޗަކުން މޮޅުވުމުން 3 ޕޮއިންޓް، މެޗަކުން އެއްވަރުވުމުން 1 ޕޮއިންޓް، ބަލިވެއްޖެނަމަ ޕޮއިންޓެއް ނުލިބޭނެއެވެ.
4.3- ފައިނަލްގައި ބައްދަލުކުރާނީ ޕޮއިންޓްގެ ގޮތުން އެންމެ މޮޅު ދެޓީމެވެ. ޕޮއިންޓްގެ ގޮތުން ދެޓީމަށްވުރެ ގިނަޓީމް އެއްވަރުވެއްޖެނަމަ ބަލާނީ ފައިދާ ގޯލަށެވެ. މިގޮތުންވެސް އެއްވަރުވެއްޖެނަމަ މޮޅުވާ ޓީމް ހޮވާނީ އެންމެގިނަ ގޯލުޖެހި ޓީމެއް ބަލައިގެންނެވެ.
4.4- ނަތީޖާ ނެރެންޖެހޭ މެޗެއް އެއްވަރުވެއްޖެނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީޖަހައިގެންނެވެ.
4.5- މުބާރާތުގެ ކުޅުން ކުރިޔަށް ދާނީ ފީފާގެ "ލޯ އޮފްދަ ގޭމްސް" އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. ( ފުޓްބޯޅައިގެ އާންމު އުޞޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.)
5. މުބާރާތުގެމެޗްތަކުގެވަގުތު
5.1- މެޗެއްގެ ދިގު މިނަކީ 45 މިނިޓްގެ 2 ހާފެވެ.
5.2- ދެ ހާފްގެ ދެމެދުގައި 10 މިނިޓގެ ހުސްވަގުތު ކޮޅެއް ދެވޭނެއެވެ.
6. ޓީމްލިސްޓް
6.1 ރަޖިސްޓްރީ ކުރުމަށް ކޮންމެ ގުރޫޕަކުންވެސް ހުށައަޅާ ޓީމްލިސްޓްތަކުގައި ކުޅުންތެރިންނާއި އޮފިޝަލުން ހިމަނާނީ ތިރީގައިވާ އަދަދަށެވެ.
6.2 މުޅި ޓީމް ލިސްޓުގެ ސްކޮޑުގައި ހިމެނޭނީ، އޮފިޝަލުންނާއި އެކު، 30 މީހުންނެވެ. ނަމަވެސް ކުޅޭ ދުވަހުގެ ޓީމް ލިސްގެ ސްކޮޑުގައި ހިމެނޭނީ ގިނަވަގެން 18 ކުޅުންތެރިންނާއި ، ގިނަވެގެން، 6 އޮފިޝަލުންނެވެ.
6.3- ކޮންމެޓީމަކުންވެސް ކުޅެން ހަމަޖެހިފައިވާ ދުވަހުގެ މެންދުރުފަހު 14:00 މިނެޓްގެ ކުރިން ޓީމްލިސްޓް ހުށައަޅަންވާނެއެވެ. ޓީމުލިސްޓާއެކު ( ޖާރޒީ،ސޯޓު،އިސްޓާކިނު ،ގޯލްކީޕަރ ޖަރޒީއާއި ސޯޓު) ގެ ކުލަތައް އެނގޭނެހެން ލިޔުމެއް ހުށައަޅަންވާނެއެވެ.
6.4 ޖާރޒީގެ ކުލަ އެއްގޮތް ކަމުގައިވާނަމަ، ދެޓީމާ ވާހަކަދެއްކުމަށްފަހު އެކަން ނިންމާނީ މުބާރާތުގެ އޮގަނައިޒިންގ ކޮމެޓީންނެވެ.
6.5- ކޮންމެޓީމަކުންވެސް ހުށައަޅާ ޓީމުލިސްޓުގައި ހިމެނޭނީ ރަށުންބޭރު 3 ކުޅުންތެރިންނެވެ. އަދި މި 3 ކުޅުންތެރިންނަށްވެސް އެއްފަހަރާ ކުޅެން އެރޭނެއެވެ.
6.6 ސްކޮޑުގައި ނެތްކުޅުންތެރިއަކަށް އަދި އޮފިޝަލަކަށް ބެންޗުގައި ނުއިނދެވޭނެއެވެ.
6.7 މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން އެ ޓީމެއްގައި ހިމެނޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ލިސްޓެއް(ސްކޮޑް) 2022 ފެބްރުއަރީ 24 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ކުރިން، މާފަރު ކައުންސިލްގެ އީ މެއިލް ([email protected]) އަށް ނުވަތަ، 9738060 ނަމްބަރަށް ވައިބާރ މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި މި ތާރީހަށް ފަހު މި ލިސްޓުގައި ނުހިމެނޭ އެއްވެސް ފަރާތަކަށް މި މުބާރާތަކު ބައިވެރިވުމުގެ ފުރުޞަތު ދިނުމުގައި ގޮތެއް ނިންމާނީ، ހުރިހާ ޓީމު ތަކުގެ މަޝްވަރާއަސްފަހު، މުބާރާތުގެ އިންތިޒާމު ކޮމެޓީންނެވެ.
.7ރަށުކުޅުންތެރިންމާނަކުރާގޮތް:
7.1 މިމުބާރާތުގައި ރަށު ކުޅުންތެރިން މާނާކުރާނީ މި ރަށުގައި ރަޖިސްޓްރީ ވެފައިވާ ނުވަތަ، މިރަށުގައި ރަޖިސްޓްރީވެފައި ނެތްކަމުގައިވިއަސް މިރަށުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހަކާ ކައިވެނީގޮތުން ގުޅިފައިވާ، ނުވަތަ އެކުޅުންތެރިއެއްގެ މަންމަ ނުވަތަ ބައްޕަ މިރަށުގައި ރަޖިސްޓްރީ ކޮށްފައިވާ ކުޅުންތެރިންނަށެވެ. މިނޫން ކޮންމެ ކުޅުންތެރިއެއްބަލާނީ ރަށުންބޭރު ކުޅުންތެރިއެއްގެ ގޮތުގައެވެ.
8. އިޢުތިރާޞްކުރުން.
8.1 މެޗެއްގައި ދިމާވާ ހިތްހަމަނުޖެހޭ ކަންކަން އެމެޗެއް ހިގަމުންދާ ވަގުތުގެ ތެރޭގައި މެޗްކަމިޝަނަރަށް ހުށައަޅަންވާނެއެވެ. މިފަދަ މައްސަލަތައް ހުށައަޅާނީ ޓީމުގެ މެނޭޖަރެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެ ވަގުތައް ހައްލުކުރެވެންހުރި މައްސަލަތައް ހައްލުކުރާނީ މެޗްކަމިޝަނަރެވެ.
8.2- 8.1 ގައިވާ ގޮތުގެ މަތިން ހުށައަޅާ މައްސަލަތަކުގެ ތެރެއިން ހައްލުނުވެހުންނަ މައްސަލަތައް ނުވަތަ ހުށައެޅި މައްސަލަތަކާއިމެދު އިޢުތިރާޞް ކުރާނަމަ ލިޔުމުން އެމެޗެއް ނިމި 2 ގަޑިއިރުތެރޭގައި އެކަމެއް ބަޔާންކޮށް މުބާރާތުގެ އޮގަނައިޒިންގ ކޮމެޓީއަށް ހުށައަޅަން ވާނެއެވެ. މިގޮތުން ލިޔުމުން ހުށައަޅާ މައްސަލަތައް ހުށައަޅާނީ އެޓީމެއްގެ މެނޭޖަރެވެ. ލިޔުމުން ޖަވާބުދޭނީ ލިޔުމުން ހުށައަޅާ މައްސަލަތަކަށް އެކަންޏެވެ. އަދި މައްސަލަ ހުށައަޅާތާ 24 ގަޑިއިރު ތެރޭގައި މުބާރާތުގެ އޮގަނައިޒިންގ ކޮމެޓީން ލިޔުމުން ޖަވާބު ފޮނުވާނެއެވެ.
9- ޑިސިޕްލިނަރީމައްސަލަތައް
9.1- މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީއަކީ މުބާރާތުގެ އޮގަނއިޒިންގ ކޮމެޓީއެވެ.
9.2 ކުޅުންތެރިއަކަށް މުބާރާތުގެ މެޗެއްގައި ރަތްކާޑު ދައްކައިފިނަމަ އެކުޅުންތެރިއަކު ވަގުތުން ދަނޑުން ފޮނުވާލެވޭނެއެވެ. އަދި އެކުޅުންތެރިއަކަށް ބެންޗަކުވެސް ނުއިނދެވޭނެއެވެ. އަދި ކުރި ކުށުގެ ބާވަތަށް ބަލާ އިތުރު މެޗްތަކުން ސަސްޕެންޑް ކުރުމާއި ނުވަތަ މުޅިމުބާރާތުން ސަސްޕެންޑް ކުރުމުގެ އިޚްތިޔާރު މުބާރާތުގެ އޮގަނައިޒިންގ ކޮމެޓީއަށް ލިބިގެންވެއެވެ. އަދި މެޗުގެ ބޭރުންވެސް ކުޅުންތެރިންކުރާ ކުށުގެ ބާވަތުން އެކުޅުންތެރިއަކު މުބާރާތުން ސަސްޕެންޑް ކުރުމުގެ ބާރު އޮގަނައިޒިންގ ކޮމެޓީއަށް ލިބިގެންވެއެވެ.
9.3 މުބާރާތުގައި އެއްވެސްކުޅުންތެރިއަކަށް ރަތްކާޑުދައްކައިފިނަމަ ޖެހިގެން އަންނަމެޗުގައި އެކުޅުންތެރިއަކަށް ނުކުޅެވޭނެއެވެ. އަދި މުބާރާތުގެތެރޭގައި ދެރީނދޫކާޑު ހަމަވެއްޖެނަމަ ޖެހިގެން އަންނަ މެޗް އެކުޅުންތެރިއަކަށް ނުކުޅެވޭނެއެވެ.
9.4 މުބާރާތުގެ ދެ ޓީމް ބައްދަލުކުރާ މެޗެއްގެ ތެރެއިން ގަސްތުގައި އިދިކޮޅު ޓީމަށް މެޗްދޫކޮށްލިކަން މުބާރާތުގެ އޮގަނައިޒިންގ ކޮމެޓީއަށް ފެނިއްޖެ ނަމަ އެޓީމު މުބާރާތުން ސަސްޕެންޑު ކުރެވޭނެއެވެ. އަދި މެޗް ދޫކޮށްލީ ދެ ޓީމު އެއްބަސްވެގެން ކަން މުބާރާތުގެ އޮގަނައިޒިންގ ކޮމެޓީއަށް ފާހަގަ ކުރެވިއްޖެ ނަމަ އެ ދެޓީމުވެސް މުބާރާތުން ސަސްޕެންޑު ކުރެވޭނެއެވެ.
10-ދިދައަދިސްޕޮންސަރބޯޑު
10.1 ކޮންމެ ޓީމަކުންވެސް އެޓީމެއް ރަމްޒުކޮށްދޭ ދިދައެއް ހުށައަޅަންވާނެއެވެ.
10.2 މިގޮތުން ބޭނުންކުރެވޭ ދިދަ ހުންނަންވާނީ 2 ފޫޓް 6 އިންޗި ފުޅާ 3 ފޫޓް 6 އިންޗި ދިގުމިނުގައެވެ.
10.3 ދިދައިގައި ބޭނުންކުރެވޭ ނިޝާނަކީ މުޖުތަމަޢުގެ ތެރޭގައި ބޭނުންކުރެވޭފަދަ އަޚްލާޤީ މިންގަނޑުގެތެރޭގައި ވާ އެއްޗަކަށްވުން.
10.4 މުބާރާތް ފެށުމުގެ ދެ ދުވަސްކުރިން މުބާރާތުގައި ބޭނުންކުރާ ދިދަ އޮގަނައިޒިންކޮމެޓީއަށް ހުށައަޅަންވާނެއެވެ.
10.5 ކޮންމެ ޓީމަކުންވެސް ޓީމުގެ ނަން ހިމެނޭ 1 ބޯޑު މުބާރާތް ހިންގާކޮމެޓީގެ އިރުޝާދުގެ މަތިން ދަޑުގެ ބޭރުގައި ހަރުކުރަންވާނެއެވެ. އަދި މީގެ އިތުރުން ޓީމުތަކުންބޭނުންނަމަ ޓީމުތަކުގެ ސްޕޮންސަރުންގެ 1 ބޯޑު ހަރުކުރެވިދާނެއެވެ.
11-އޮގަނައިޒިންގކޮމެޓީ
11.1 މިމުބާރާތުގެ އޮގަނައިޒިންގ ޓީމުގައި މަސައްކަތް ކުރާނީ މާފަރުގައި ހުރި ކޮންމެ މުއައްސަސާއަކުން، 2 މީހުންނާއި، އިންތިޒާމު ކޮމެޓީގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި، އެކަމަށް ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން، ކައުންސިލުން ކަނޑައަޅާ ފަރާތްތަކެވެ.
12-ހޮވޭވަނަތަކާލިބޭފައިސާގެއިނާމު:
- މުބާރާތުގެ އެންމެމޮޅު 5 ކުޅުންތެރިން - (ޓްރޮފީ)
- ޓޮޕް ސްކޯރާރ (ޓްރޮފީ)
- މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ(ޓްރޮފީ)
- ޗެމްޕިއަންޓީމް - (ޓްރޮފީ+މެޑެލް+ -/10،000ރުފިޔާގެ ފައިސާގެ އިނާމު )
- ރަނަރ އަޕްޓީމް- (ޓްރޮފީ+މެޑެލް+ -/5،000 ރުފިޔާގެ ފައިސާގެ އިނާމް )
- ފެއަރޕްލޭޓީމް - (ޓްރޮފީ + -/1،000 ރުފިޔާގެ ފައިސާގެ އިނާމު )
- މީގެ އިތުރުން ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ ހޮވައި ޓްރޮފީއެއް ދިނުން.
ނޯޓް: (މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމާއި، ޓްރޮފީއާއި މެޑަލް ދިނުމުގައި، ސްޕޮންސަރުންގެ ސްޕޮންސާރ އަށް ރިޢާޔަތް ކުރެވޭނެއެވެ.)
12-އިތުރުމައްސަލަތައް.
12.1- މި ޤަވާއިދުގައި ހިމެނިފައިވާ ކަންކަމުގެ އިތުރުން މުބާރާތާއި ގުޅޭ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ އޮގަނައިޒިންގ ކޮމެޓީންނެވެ.