މަސައްކަތް
ނަންބަރު: 116-F3/IL/2022/29
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 06 މާރިޗު 2022 14:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހިޔާވެހިތަކެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ހިޔާވެހިތަކެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ އައު ކާރގޯ ޓާރމިނަލްއާއި އައު ކާރގޯ ޖެޓީއާއި ދެމެދު، މި ކުންފުނިން ދޭ މިންގަނޑުތަކާއި/ކުރެހުމާއި/ނަމޫނާއާއި އެއްގޮތަށް ހިޔާވެއްސެއް (3 ޕްރިފެބްރިކޭޓެޑް ޝޭޑްސް) އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ޝޭޑްސް ޑިޒައިންކުރުން، ފެބްރިކޭޓްކުރުން، ސަޕުލައިކޮށް އިންސްޓޯލްކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން،ފައުންޑޭޝަން އެޅުން އަދި ލައިޓް ހަރުކުރުންފަދަ މަސައްކަތްތައް ހިމެނެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 މާރިޗު 6 ވާ އާދިއްތަދުވަހުގެ ހެދުނު 14:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގެ GC01 ދާއިރާއިން 01 ،02 ،03 04 ،ނޫނީ 05 ވަނަ ދަރަޖައިގައި ގިންތި ކުރެވިފައިވާ ފަރާތަކަށްވާންވާނެއެވެ.

     ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2022 މާރިޗު 21 ވާ ހޯމަދުވަހުގެ ހެދުނު 14:00 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 މާރިޗު 21 ވާ ހޯމަދުވަހުގެ ހެދުނު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

20 ފެބުރުވަރީ 2022