ބީލަން
ނަންބަރު: (IUL)213-PR/213/2022/12
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 13 މާރިޗު 2022 11:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް ކ.މާލެ ކެމްޕަސް އިމާރާތުގައި ފިހާރައެއް "ސޮޕް" ޑިޒައިން-ބިލްޑް، ފައިނޭންސް، އޮޕަރޭޓް އަދި މެއިންޓެއިން އުސޫލުން ޤާއިމްކޮށް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު.

މި އިޢުލާންވަނީ 13 އޭޕްރިލް 2022 12:52 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މޯލްޑިވްސް ޕޮލިޓެކްނިކް ކ.މާލެ  ކެމްޕަސް އިމާރާތުގައި ފިހާރައެއް "ސޮޕް" ޑިޒައިން-ބިލްޑް، ފައިނޭންސް، އޮޕަރޭޓް އަދި މެއިންޓެއިން އުސޫލުން ޤާއިމްކޮށް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު.

މޯލްޑިވްސް ޕޮލިޓެކްނިކް ކ.މާލެ  ކެމްޕަސް އިމާރާތުގައި ޑިޒައިން-ބިލްޑް، ފައިނޭންސް، އޮޕަރޭޓް އަދި މެއިންޓެއިން އުސޫލުން ފިހާރައެއް ޤާއިމްކޮށް ހިންގުމުގެ ޕްރޮޕޯސަލް ހުށަހެޅުމަށް އިޢުލާން ކުރަމެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 24 ފެބުރުވަރީ 2022ވަނަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ. ޕްރީބިޑް ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ.

ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 13 މާރިޗު 2022 ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ޕްރޮޕޯސަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ޕްރޮޕޯސަލް މުއްދަތުގެ ގޮތުގައި ޕްރޮޕޯސަލް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

އަދި ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ ޕްރޮޕޯސަލްއާއި މަޢުލޫމާތު ފުރިހަމަނުވާ ޕްރޮޕޯސަލް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ޕްރޮޕޯސަލް ހުށައަޅާ އިރު ޕްރޮޕޯސަލްގެ ސޮފްޓް ކޮޕީއެއް ހުށަހަޅުއްވަން ވާނެވެ. (ސީ.ޑީ/ޕެންޑުރައިވް.)

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 ފެބުރުވަރީ 2022 ދުވަހުގެ 10:00 ގެ ކުރިން

[email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3305420 އާއި ގުޅުއްވުން އެދެމެވެ.

 

19 ފެބުރުވަރީ 2022

19 ފެބުރުވަރީ 2022