ދިވެހިރާއްޖެ
މަގު ބައްތިއާއި ބަނދަރު ބައްތިތަކުގެ ވިއުގައި 13 މީޓަރު އަމިއްލަ ތަކެތީގައި ހަރުކުކޮށް ދޭނެ ފަރާތެއް ހޯދަން މި އިދާރާއިން ކުރި ނަންބަރު (IUL)410/410/2022/12 އަށް އެކަށީގެންވާ މިންވަރަށް ޝަޢުޤުވެރިކަން ފާޅުކޮށް ފައިނުވާތީ އެ ނަންބަރު އިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތާއި ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
މައުލޫމާތު ސާފުކުރުމުގެ ސެޝަން |
ގއ.ދާންދޫ ކައުންސިލްގެ އިދާރާ |
21 ފެބުރުއަރީ 2022 |
ހޯމަ |
13:30 |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސެޝަން |
ގއ.ދާންދޫ ކައުންސިލްގެ އިދާރާ |
24 ފެބުރުއަރީ 2022 |
ބުރާސްފަތި |
13:30 |
މި މަސައްކަތަށް މަޢުލޫމްތައް ދިނުމާއި އަންދާސީ ހިސާބު ހުށެހެޅުން އޮންނާނީ އޮންލައިންކޮށެވެ. އަދި މިކަމާއި ގުޅޭ މީޓިން ލިންކް ބިޑްގައި ބައިވެރިވާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ. މިހެންކަމުން ބިޑްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 7330026 ނަންބަރ އަށް ވައިބާރކޮށްގެން ނަންނޯޓްކުރުމުގެ ކަންތައް ކުރިޔަށް ގެންދިއުން އެދެމެވެ.
މާކްސް ދެވޭގޮތުގެ ތަފްސީލު:
- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، އެއްވެސް ޝަކުވާއެއް އޮތްނަމަ މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
65% |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
|
20% |
ތަޖުރިބާ |
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
|
15% |
މަސައްކަތް ނިންމާ މުއްދަތު |
އަންދާސީ ހިސާބު ހުށަހެޅުމާއި ބަލައިގަތުން
އަންދާސީ ހިސާބު ހުށަހަޅާނީ 24 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30ގައެވެ. އަދި އަންދާސީ ހިސަބު ފޮނުވަން ވާނީ މި އިދާރާގެ [email protected] މެއިލަށެވެ.
މި ކަމާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ޙަވާލު ކުރެވޭނީ މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ.
މި މަސައްކަތް ކުރެވޭނީ މި ކަން ކުރުމަށް ހޮވޭފަރާތާއި މި ކައުންސިލް އާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.