ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2022/12
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 21:11
ސުންގަޑި: 24 ފެބުރުވަރީ 2022 10:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމު ބަނދަރުގައި ކަރަންޓް ޑީބީ ބަހައްޓައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހދ.ނޮޅިވަރަމު ބަނދަރުގައި ކަރަންޓް ޑީބީ ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 23 ފެބުރުވަރީ 2022 ވާ (ބުދަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މިއިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީކުރަންވާނެއެވެ. ރަޖިސްޓަރކުރާ ފަރާތްތަކަށް މިބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ. އަދި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/Mkfzw3Cp5adbgWzV6

އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މިބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 24 ފެބުރުވަރީ 2022 ވާ (ބުރާސްފަތި) ދުވަހުގެ 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 މާރިޗު 2022 ވާ (ބުރާސްފަތި) ދުވަހުގެ 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ހުރިހާ ބީލަންވެރިންވެސް މިހާރުން ފެށިގެން މީރާގެ ޓެކްސް ކްލިރިއަންސް ރިޕޯޓް ހޯދުމަށް ސަމާލުކަންދިނުން އެދެމެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ފެބުރުވަރީ 2022 ވާ (ބުދަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އީމެއިލް އަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް:[email protected]

17 ފެބުރުވަރީ 2022