ޢާންމު މަޢުލޫމާތު
ނަންބަރު: A-381/IUL/2022/08
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 20:25
ސުންގަޑި: 24 ފެބުރުވަރީ 2022 20:30
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 7/2010 ގެ 110  މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 2022 ފެބުރުވަރީ 24 ވާ ބުރާސްފަތި ދުވަހުގެ 20:30 ގައި ދ.ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައި އޮންނާނެއެވެ.  

 

ބައްދަލުވުމުގެ އެޖެންޑާ

  • 2021 ވަނަ އަހަރުގެ ކައުންސިލްގެ އަހަރީ ރިޕޯޓް
  • 2021 ވަނަ އަހަރުގެ ކައުންސިލްގެ މާލީބަޔާން
  • ސަރުކާރުން ކުޑަހުވަދޫގައި ހިންގެވުމަށް ނިންމަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލުހޯދުން

 

     ވީމާ، މިބައްދަލުވުމުގައި ރަށުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.

17 ފެބުރުވަރީ 2022