ތަމްރީނު
ނަންބަރު: (IUL)22-D/22/2022/66
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 20:06
ސުންގަޑި: 22 ފެބުރުވަރީ 2022 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް 2021

ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް 2021

 

ޕްރިންސިޕަލުން ތަމްރީނު ކުރުމަށް މި މިނިސްޓްރީގެ ޚަރަދުގައި 20 ސްކޮލަރޝިޕްގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެ އަދަދަށް ކެނޑިޑޭޓުން ހޮވިފައިނުވާތީ، މަދުވާ 6 ފުރުޞަތަށް ކެނޑިޑޭޓުން ހޮވުމަށް، މިކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާންކުރަމެވެ. މިސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކަށް ތިރީގައިވާ އިނާޔަތްތައް ހަމަޖައްސައިދެވޭނެއެވެ.

  1. ކިޔެވުމަށްދާ ޚަރަދު
  2. މުސާރައާއި އެއްވަރުގެ އެލަވަންސް
  3. ދެކޮޅު ޓިކެޓް

 މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ފަރާތްތަކާއެކު ވަކި މުއްދަތަކަށް، ކަނޑައެޅޭ ސަރުކާރުގެ ސުކޫލެއްގައި ޚިދުމަތްކުރުމަށް ބޮންޑުކުރެވޭނެއެވެ.

 

 

ސްކޮލަރޝިޕްގެ އަދަދު

ދާއިރާ

ޤައުމު

06

މާސްޓަރސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން / އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާ

މެލޭޝިއާ

 

ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

 

  • ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތަޢުލީމީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.
  • ޓީޗަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން. (މިމުއްދަތުގައި ލީޑިންގ ޓީޗަރުގެ މަސްޢޫލިއްޔަތު އަދާކޮށްފައިވާނަމަ އެމުއްދަތު ގުނޭނެއެވެ.)
  • މި މިނިސްޓްރީއިން ކުރިން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ޤަވާއިދުން ދައްކަވަމުންގެންދަވާ ފަރާތެއް ކަމުގައިވުން.
  • ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  • ސްކޮލަރޝިޕަށް އެދިހުށަހަޅާ ފޯމް
  • ތަޢުލީމީ ސަނަދުތަކުގެ ކޮޕީ
  • ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (2 ފުށް ފެންނަގޮތަށް)

ސްކޮލަރޝިޕަށް ހޮވޭ ފަރާތްތައް ކަނޑައެޅުން

 

  • ސްކޮލަރޝިޕަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ ތިރީގައިވާ ކްރައިޓީރިއާ އާ އެއްގޮތަށް މާކްސް ދިނުމަށްފަހު އެންމެ މަތިން މާކްސް ހޯދާ ފަރާތްތައް ތަރުތީބުކޮށް އެއާ އެއްގޮތަށެވެ. މިގޮތަށް ތަރުތީބު ކުރުމުގައި މީގެކުރިން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިނުވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  
  1. މަސައްކަތުގެ ތަޖުރިބާއަށް - %30
  2. ޕްރެޒެންޓޭޝަނަށް - 30%
  3. އިންޓަރވިއުއަށް - %40

ސްކޮލަރޝިޕަށް އެދެންވީގޮތާއި ސުންގަޑި:

  • ސްކޮލަރޝިޕަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކުރެވިފައިވާ ފޯމު މެދުވެރިކޮށް [email protected]  އީމެއިލް ކޮށްގެންނެވެ. ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފޯމު އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  • ސްކޮލަރޝިޕަށް އެދި ހުށަހަޅަންޖެހޭ ފަހު ވަގުތަކީ 22 ފެބްރުވަރީ 2022 ވަނަ ދުވަހުގެ  މެންދުރު 2:00 އެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 3341440 އަދި 3341427 ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

17 ފެބުރުވަރީ 2022