ދިވެހިރާއްޖެ
ހއ. ބާރަށު މަސްޖިދުލް ޢަމަލް، މަސްޖިދުއްޞަލާޙް، ފިރިހެނުންގެ ކުޑަމިސްކިތް މަރާމާތު ކުރުމާއި ކުލަ، ދަވާދު، ލުމާއި، ވަރުނީސް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް މައުލޫމާތު ފޮނުއްވައިގެން ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ. ރަޖިސްޓަރ ކުރުމަށް ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަމްބަރު: (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ބީލަން ހުށަހަޅާފަރާތުގެ/ކުންފުނީގެ/ ވިޔަފާރީގެ ނަމާއި ރަޖިސްޓްރޭޝަން ނަމްބަރު: (ރަޖިސްޓްރީގެ ކޮޕީއަކާއި އެކު ފޮނުވުމަށް)
- ގުޅޭނެ ފޯނު ނަމްބަރު:
- އީ މެއިލް އެޑްރެސް: (ބީލަން ފޮތް ފޮނުވާނެ އީމެއިލް)
- އީ މެއިލް ފޮނުވާ ފަރާތުގެ ނަމާއި މަޤާމް:
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން. |
21 ފެބުރުއަރީ 2022 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް |
ޕްރި-ބިޑް ބައްދަލްވުން. |
24 ފެބުރުއަރީ 2022 ވަނަ ދުވަހުގެ 11.00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި. |
ބީލަން ބަލައިގަތުން. |
28 ފެބުރުއަރީ 2022 ދުވަހުގެ 11.00 ގެ ނިޔަލަށް. |
ބީލަންތައް ހުޅުވުން. |
28 ފެބުރުއަރީ 2022 ވަނަ ދުވަހުގެ 11.00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި. |
ޕްރީ- ބިޑް ބައްދަލްވުމުގައި ބައިވެރިވުމަށާއި، ބީލަން ހުށަހެޅުއްވުމަށް އަދި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު
ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016، 6500173 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.