ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321/321/2022/37
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 24 ފެބުރުވަރީ 2022 13:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތައް އާބާތުރަ ފިލުވުމާއި މަރާމާތްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރަށް)

         (IUL)321-A/321/2022/37 :ނަންބަރު                               

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިސްކިތްތައް އާބާތުރަ ފިލުވުމާއި މަރާމާތްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

       ތިރީގައި މިދަންނަވާ މިސްކިތްތަކުގެ އާބާތުރަ ފިލުވައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު: (IUL)321-A/321/2022/27 (08 ފެބްރުވަރީ 2022) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިނުވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.

ޕެކޭޖް ނަންބަރު

ޕްރޮޖެކްޓްގެ ނަން

2022/37/01

ބ. ތުޅާދޫ "މަސްޖިދުއް ސަޢާދާ" މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތްކުރުމުގެ މަސައްކަތްތައް

2022/37/02

ބ. ތުޅާދޫ "މަސްޖިދުލް ޤިޔާސުއްދީން" މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތްކުރުމުގެ މަސައްކަތްތައް

2022/37/03

ބ. ތުޅާދޫ "މަސްޖިދުއް ރަޙްމާން" މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތްކުރުމުގެ މަސައްކަތްތައް

2022/37/04

ބ. ތުޅާދޫ "މަސްޖިދުއް ސިރާޠު" މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތްކުރުމުގެ މަސައްކަތްތައް

    

       ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއި އެކު އާއްމުކޮށްފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބީލަންހުށަހެޅުމަށް 2022 ފެބްރުވަރީ 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަޢުވަތުއަރުވަމެވެ.

       މި މަސައްކަތާގުޅޭ މަޢުލޫމާތު މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބީލަންފޮތުގައި ހިމެނިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600006 ނަންބަރު ފޯނާއެވެ.

މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16   ރަޖަބް   1443

17 ފެބުރުވަރީ 2022