ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)HUR/1/2021/27
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 24 ފެބުރުވަރީ 2022 11:00
ހުރަވީ ސްކޫލް، ހުޅުމާލެ
ދިވެހިރާއްޖެ
މި ސްކޫލްގެ ޕްރިންޓިން ރޫމްގައި ބޭނުންކުރުމަށް ޗާޕް މެޝިނެއް ހޯދުމަށް

ހުރަވީ ސްކޫލް

 

     މާލެ،

   ދިވެހިރާއްޖެ.

                                     އިޢުލާން ނަންބަރ:    (IUL)HUR/1/2021/27

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި ސްކޫލްގެ ޕްރިންޓިން ރޫމްގައި ބޭނުންކުރުމަށް ޗާޕް މެޝިނެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

 

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ފެބްރުއަރީ 24 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022 މާރިޗް 03 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)  އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުރަވީ ސްކޫލް

ފޯން: 3350714 / 3350704

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

17 ފެބްރުއަރީ 2022

17 ފެބުރުވަރީ 2022