ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-POLPU/438/2014/101
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 04 ސެޕްޓެންބަރު 2014 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސްވަރޭޖް ފެސިލިޓީސް އިން ފައިވް (05) އައިލެންޑްސް، ދިވެހިރާއްޖެ - އެކައުންޓެންޓް/ފައިނޭންޝިއަލް މެނޭޖްމަންޓް ސްޕެޝަލިސްޓް ހޯދުމާބެހޭ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ ލޯން އެހީގައި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.)ގެ ފަރާތުން ކ. ހިންމަފުށި، ހދ. ނޮޅިވަރަމްފަރު، ޅ. ނައިފަރު، ކ. ތުލުސްދޫ އަދި ތ. ވޭމަންޑޫގައި ނަރުދަމާ ނިޒާމު ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި މަޝްރޫޢުގެ އެކައުންޓެންޓް/ފައިނޭންޝިއަލް މެނޭޖްމަންޓް ސްޕެޝަލިސްޓެއް ޢައްޔަން ކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

މިގޮތުން ޢައްޔަން ކުރެވޭ އެކައުންޓެންޓް/ފައިނޭންސިއަލް މެނޭޖްމަންޓް ސްޕެޝަލިސްޓް އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޖެކްޓުގެ ފައިނޭންސް މޭނޭޖްކޮށް ބެލެހެއްޓުމެވެ.

ވީމާ މި މަޤާމަށް ސިވިލް ސާރވިސްގެ ތެރެއިން ޝައުޤުވެރިވާ އިންޑިވިޖުއަލް ކެންޑިޑޭޓުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު ( ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު )
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 2014 ސެޕްޓެންބަރު 4 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުއްވުން އެދެމެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

ފޯން: 3004 300 960+  ފެކްސް: 3004 301 960+

އީމެއިލް އެޑްރެސް: [email protected]

21 އޮގަސްޓް 2014