ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2022/008
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 23 ފެބުރުވަރީ 2022 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.     

މަޤާމް:

ސީނިއަރ އޮފިސަރ

ޑިޕާޓްމަންޓް/ސެކްސަން:

އިންވެސްޓިގޭޝަން

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

މަސައްކަތާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައިވުން

މަސައްކަތުގެ ބާވަތް:

-          މައްސަލައެއް ހުށައެޅުމުން ނުވަތަ ފާހަޤަވުމަށްފަހު މައްސަލަ ހިނގައިދިޔަ ތަނަށް ގޮސް، އިންވެސްޓިގޭޓް ކުރަންޖެހިއްޖެ ހާލަތުގައި އެމަސައްކަތް ކުރުން.

-          އިންވެސްޓިގޭޝަންތަކާއި ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.

-          ކުންފުނީގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް މަސައްކަތުގައި އެހީތެރިވުން.

-          އިންވެސްޓިގޭޝަން ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން.

މަހު މުސާރަ:

12،000ރ އާއި 13،000ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

މަޤާމް:

ޖޫނިއަރ އޮފިސަރ

ޑިޕާޓްމަންޓް/ސެކްސަން:

ފައިނޭންސް

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-          އެކައުންޓް ޕޭއަބުލްއާއި ގުޅުންހުރި މަސައްކަތްތައް.

-          ފައިސާގެ މުޢާމަލާތްތަކުގެ ރެކޯޑް ބެލެހެއްޓުން.

-          ބަޖެޓް އަދި ކޯސްޓާ ގުޅުންހުރި މަސައްކަތްތައް.

-          ސްޓޮކް ކައުންޓިން.

ޝަރުތުތައް:

އޯލެވެލް މަދުވެގެން 4 ފާސް

ދިވެހި އަދި އިންގިރޭސިން ފަރިތަކަމާއެކު ލިޔަން ކިޔަން އެނގުން

މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން

މަހު މުސާރަ:

10,000/-ރ އާއި /-11،000ރ ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް - ފައިނޭންސް ޑިޕާޓްމަންޓް

 ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 23 ފެބްރުއަރީ 2022 ވާ  ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑި ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީސް 4 ވަނަ ފަންގިފިލާ އިންނެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ. 

17 ފެބުރުވަރީ 2022