ކުއްޔަށް ދިނުން
ނަންބަރު: (IUL)248-ED/248/2022/21
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 28 ފެބުރުވަރީ 2022 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރުން އޮޑިދޯނި ފަހަރު ބަނުމަށް ވިޔަފާރި އުޞޫލުން ބިން ދޫކުރުމާއި ގުޅޭ

ފައިބަރުން އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް  ވިޔަފާރި އުޞޫލުން ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.  

ވީމާ، ފައިބަރުން އޮޑިދޯނި ފަހަރު ބަނުމަށް ވިޔަފާރި އުޞޫލުން ބިން  ހޯދުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން  20 ފެބުރުވަރީ 2022 އިން 28 ފެބުރުވަރީ 2022 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 06 މާރިޗު 2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ފޯމު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި ހުށަހެޅުމަށް ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކާއި، އަދި އަމިއްލަ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭނެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ޕްރޮޕޯސަލް ފޯމު ބަލައެއް ނުގަނެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 ފެބުރުވަރީ 2022