މަސައްކަތް
ނަންބަރު: (IUL)296-A/296/2022/08ނ
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 10 މާރިޗު 2022 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ފޮނގަހިޔާ" ގައި 03 ބުރި އިމާރާތެއް ކުރުމަށްޓަކައި ބޭނުންވާ ކުރެހުން ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދުން

މިރަށު ރައްޔިތުންގެ އިމާރާތެއް ކަމުގައިވާ  '' ފޮނގަހިޔާ " ގައި 03 ބުރީ  އިމާރާތެއް އެޅުމަށްޓަކައި  ބޭނުންވާ  ކުރެހުމާއި ބީއޯ ކިއު ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 24 ފެބްރުއަރީ 2022 ބުރާސްފަތި ދުވަހުގެ 13.00ގެ ކުރިން މިއިދާރާއަށް ދުރުވެ ނުވަތަ ފޯނުން ގުޅުއްވާ (ފޯން ނަންބަރ: 6560016)  ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މަސައްކަތާ ބެހޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2022 ފެބްރުއަރީ 27ވާ އާދީއްތަ ދުވަހުގެ 14.00ގެ ކުރިން ކައުންސިލް އިދާރާއަށް  ލިޔުމުން ފޮނުއްވުން އެދެމެވެ.

              ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2022 ފެބްރުއަރީ 28 ވާ ހޯމަ ދުވަހުގެ 13.00ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

              އަންދާސީ ހިސާބު ހުށައަޅުއްވާނީ 2022 މާރިޗް 10ވާ ބުރާސްފަތި ދުވަހުގެ 13.00ގެ ކުރިން ފޮއްދޫ ކައުންސިލް އިދާރާއަށެވެ. އަންދާސީ ހިސާބު ކެނޑުން އޮންނާނީ 2022މާރިޗް10 ވާ ބުރާސްފަތި ދުވަހުގެ 13.00ގައި މިއިދާރާގައެވެ.  މިމަސައްކަތް ކޮށްދިނުމަށް މިއިދާރާގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

               މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ( ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

17 ފެބުރުވަރީ 2022