ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)388-PRO/388/2022/13
                    ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
                    ޕަބްލިޝްކުރި ގަޑި:  13:57
                    
                ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ޖަލްސާގެ ނިންމުން
                                
| 
 ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް  | 
|||
| 
 ބައްދަލުވުމުގެ ނަންބަރު:  | 
 4 ވަނަ ދައުރުގެ 30  | 
 ބައްދަލުވުމުގެ ބާވަތް:  | 
 އާއްމު ބައްދަލުވުން  | 
| 
 ބައްދަލުވުން ބޭއްވި ތާރީޙް:  | 
 17 ފެބްރުއަރީ 2022  | 
 ބައްދަލުވުން ބޭއްވި ގަޑި:  | 
 10:33  | 
ނިންމުންތައް
- ފެބްރުއަރީމަހު ރައްޔިތުންނައް އާއްމުކޮށް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުން 24 ފެބްރުއަރީ 2022 ވަނަ ދުވަހުގެރޭ 8:45 ގައި ބޭއްވުމަށާއި ބައްދަލުވުމުގައި ހިއްސާކުރަންޖެހޭ ރިޕޯޓުތައް މުއްދަތައް ނިންމުމަށް.
 - ދިރާގުން ހުށަހަޅާފައިވާ ގޮތައް ރަށުގައި ފައިބަރ އޮޕްޓިކް ޚިދުމަތް ދިނުމަށް ކައުންސިލްގެ އިއުތުރާޒެއް ނެތްކަމަށާއި މަސައްކަތުގެ ފޯކަލް ޕޮއިންޓެއްގެގޮތުގައި ކައުންސިލްގެ ނާއިބު ރައީސް ހަމަޖައްސައި ދިރާގުން އެދިފައިވާ ސިޓީގެ ޖަވާބު ދިނުމަށް ނިންމުނު.
 - އައިސްޕްލާންޓް ބިމުގެ މުއްދަތުހަމަވުމުން ބިންދޫކުރުމަށް ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން ކޮށްފައިވާ އިންވެސްޓްމަންޓާއި ތަޖުރިބާއަށް ބެލޭނޭގޮތައް އަލުން އިއުލާނުކުރުމަށާއި މިކަމާއިގުޅޭ ތަފްސީލީ ސިޓީއެއް އިސްމާއީލް ޝިފާންއަށް ފޮނުވުމަށް ނިންމުނު.
 - އައިސްޕްލާންޓް ބިމުގެ އިރުމަތީ ފަރާތުން 4x6 ފޫޓުގެ ސަރަޙައްދެއްގައި ދުންހޮޅިއެއް ހެދުމުގެ ހުއްދައަކަށްއެދިފައިވާ މައްސަލައިގައި ބިމުގެ މުއްދަތު އިތުރުކުރާއިރު ދުންހޮޅިހެދުމަށް އެދިފައިވާ ސަރަހައްދު ކައުންސިލުން ދެނެގަތުމަށްފަހު އެސަރަހައްދު އައިސްޕްލާންޓްގެ ދުންހޮޅި ހެދުމަށް އިތުރުކުރުމަށް ނިންމުނު.
 - ކައުންސިލްގެ ފަރާތުން ސަރުކާރުގެ އިދާރާތަކާއިއެކު ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަށް ހިއްސާކުރުމަށް މާރިޗުމަހުގެ ފުރަތަމަ ހަފްތާގައި މާލެދިއުމަށާއި އަދި މިދަތުރުގައި ކައުންސިލްގެ ރައީސް، ކައުންސިލްގެ ނާއިބު ރައީސް އަދި ކައުންސިލްގެ ސެކްރެޓަރީޖެނެރަލް ބައިވެރިވުމަށް ނިންމުމާއި ރަށުގެ އިދާރާތަކުން އަމިއްލަ ހަރަދުގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށާއި ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރަށް ސިޓީ ފޮނުވައި އެޕޮއިންޓްމަންޓްތައް ހޯދުމަށް އިދާރާތަކަށް ފޮނުވުމަށް ނިންމުނު.
 - އތމ ކޮމެޓީގެ މެމްބަރުން ކައުންސިލްއިދާރާގައި ސޮއިކުރާނޭ ދުވަހެއްކަމުގައި ކޮންމެ ހަފްތާއެއްގެ ބުރާސްފަތިދުވަސް ކަނޑައެޅުނު.
 
އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
                17 ފެބުރުވަރީ 2022