ޢާންމު މަޢުލޫމާތު
ނަންބަރު: 37(IUL)472/1/2022/37
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި:
19 ފެބުރުވަރީ 2022 11:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2022 ފެބްރުއަރީ 17 އިން 19 އަށް ކޮންމެ ދުވަހެއްގެ 09:00 އިން 11:00 އަށް ކ.ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މި މިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : ސްމޯލް އާމްސް
2. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ކ.ގިރިފުށީގެ ރޭންޖްއިން 4 ކިލޯ މީޓަރުގެ ދުރުމިނަށް
ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.
16 ރަޖަބު 1443
17 ފެބުރުވަރީ 2022