މަސައްކަތް
ނަންބަރު: (IUL)296-A/296/2022/7
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 07 މާރިޗު 2022 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް ބައެއް ބަދަލްތައް ގެނައުމާއި މަރާމާތު މަސައްކަތް ކުރުން

ކައުންސިލް އިދާރާ ހިންގަމުން ގެންދާ އިމާރާތަށް ބައެއް ބަދަލް ގެނެސް އަދި މަރާމާތު މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 23 ފެބްރުއަރީ 2022 ބުދަ ދުވަހުގެ 13.00ގެ ކުރިން މިއިދާރާއަށް ދުރުވެ ނުވަތަ ފޯނުން ގުޅުއްވާ (ފޯން ނަންބަރ: 6560016)  ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މަސައްކަތާ ބެހޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2022 ފެބްރުއަރީ 24ވާ ބުރާސްފަތި ދުވަހުގެ 14.00ގެ ކުރިން ކައުންސިލް އިދާރާއަށް  ލިޔުމުން ފޮނުއްވުން އެދެމެވެ.

              ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2022 ފެބްރުއަރީ 27އާދީއްތަ ދުވަހުގެ 13.00ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

              އަންދާސީ ހިސާބު ހުށައަޅުއްވާނީ 2022 މާރިޗް 07ހޯމަ ދުވަހުގެ 13.00ގެ ކުރިން ފޮއްދޫ ކައުންސިލް އިދާރާއަށެވެ. އަންދާސީ ހިސާބު ކެނޑުން އޮންނާނީ 2022މާރިޗް07 ވާ ހޯމަދުވަހުގެ 13.00ގައި މިއިދާރާގައެވެ.  މިމަސައްކަތް ކޮށްދިނުމަށް މިއިދާރާގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

               މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ( ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

17 ފެބުރުވަރީ 2022