މަސައްކަތް
ނަންބަރު: (IUL)244-ESMSMS/244/2022/7
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 03 މާރިޗު 2022 13:30
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ރަމަޟާންމަހު މަސްޖިދުލް ނިބްރާސްގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާ ޙާފިޘުގެ ހުރުމާއި ކެއުން އަދި ޙާފިޘުގެ އަންނައުނު ދޮވެ، އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

              މި ކައުންސިލުން 1443 ވަނަ އަހަރު ރަމަޟާންމަހު މަސްޖިދުލް ނިބްރާސްގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙު ނަމާދު ކުރުމަށް ވަޑައިގަންނަވާ ޙާފިޘުގެ ހުރުމާއި، ކެއުމާއި، އަދި  ޙާފިޘުގެ އަންނައުނު ދޮވެ އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

              މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް  ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތް ކޮށްދިނުމަށް އެދި  ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ  ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

              ވީމާ، މިކަމަށް އެދޭ ފަރާތްތަކުން، 22 ފެބުރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 08:30 ން ފެށިގެން، 03 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ.

 މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 6500035 ގުޅުއްވުމަށް ދަންނަވަމެވެ.

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ފެބުރުވަރީ 2022