ދެންނެވުން
ނަންބަރު: 2022/5
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 08:45
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ދޫކުރަމުން އަންނަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ބަލައިގަތުމާގުޅޭ

މި ކޮމިޝަނުގެ ނަންބަރު: 2022/4 (20 ޖަނަވަރީ 2022) ސަރކިއުލަރ އާއި ހަވާލާދީ ދަންނަވަމެވެ.

ދިވެހިރާއްޖޭގެ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދޫކުރަމުން އަންނަ "ކޯސް ކޮމްޕްލީޝަން" ލިޔުން ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދަރިވަރުންނަށް ސަނަދުދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚު ހިމަނާފައިވާނަމަ ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން ދޫކޮށްފައި ހުންނަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުންތައް މި މިންގަނޑުން އިސްތިނާވާނެ ކަމުގައި ދަންނަވަމެވެ.

ވީމާ، ސިވިލް ސަރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގައި، ހުށަހަޅާފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދަރިވަރުންނަށް ސަނަދުދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚު ނެތްކަމުގައި ވިޔަސް އެ ލިޔުމަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމެއްނަމަ، ލިޔުން ބަލައިގަނެގެން ކުރިއަށްގެންދެވުމަށް ދަންނަވަމެވެ.

17 ފެބުރުވަރީ 2022